ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އިތުރު އޭޓީއެމްއެއް މާލޭގައި ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

މ. ސްޓާ ކްލައުޑް (ކުރީގެ ސްޓާ ސިނަމާ) އިމާރާތުގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި އެކު ބޭންކުގެ ހިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ، އެ ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، އެތަނުގައި ތިން އޭޓީއެމް ހުންނާނެ ކަމަށެވެ. އަދި އެ ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސެންޓަރަކީ މުޅި ރާއްޖޭގައި ބޭންކިން ވިއުގަ އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓުމަންޓުގެ ދަށުން ހުޅުވި ސެންޓަރެއް ކަމަށެވެ. އަދި ރަށްރަށުގައި ވެސް މި އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބޭންކިންގް ހިދުމަތް ހޯދޭނެ. މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި، އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައްވެސް އިތުރުކުރެވިގެންދިޔުން." އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 119 އޭޓީއެމް ބީއެމްއެލްއިން ވަނީ ގާއިމްކޮށްފައެވެ. އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތާކާއި އެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އެބޭފުޅުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް