ads
ލަންކާ، ކޮލޮމްބޯ
ކާފިއު އުވާލާ ލަންކާގައި ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަނީ
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާ ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއަދު އެގައުމުގެ ޕްރެޒިޑެންޓް ސެކެރެޓޭރިއޭޓްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި މިއަދުން ފެށިގެން އެގައުމުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ސްކޫލްތައް ހުޅުވުމަށާއި ސަރުކާރުގެ އެހެނިހެން މުއަސަސާތައްވެސް ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފައި ވަނީ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. ކޮވިޑް-19 ފެނުމާއި އެކު އެ ގައުމަށް ކާފިއު އިއުލާނު ކުރި ހިސާބުން ފެށިގެން ބައެއް ސިޓީތައް ވަނީ 24 ގަޑިއިރަށް ބަންދުކޮށްފަ އެވެ.

އެހެން ނަމަވެސް ބަލި ފެތުރޭ މިންވަރަށް ބަލައި، ބައެއް ސަރަހައްދުތަކުގެ ކާފިއުއަށް ވަނީ ޖޫން 13 އިން ފެށިގެން ލުއިތަކެއް ދޭން ފަށައިފަ އެވެ. އެ ލުއި ތަކާއި އެކު ކާފިއު އިއުލާނުކޮށްފައި ވަނީ ރޭގަނޑު 12:00 އިން ފަތިހު 4:00 ހަމައަށެވެ.

ބަލި ފެތުރޭ މިންވަރު ދަށްވުމުން މިއަދު ލަންކާގައި މިވަނީ އެންމެ ފަހުން ކާފިއު އެއްކޮށް އުވާލާފަ އެވެ. އަދި އެގައުމުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެގައުމުގެ ބޯޑަރުތައްވެސް ހުޅުވިގެން ދާނެކަމަށެވެ.

ލަންކާގައި ކޮވިޑް-19 ޖެހިފައިވަނީ 2033 މީހަކަށެވެ. މީގެ ތެރެއިން 1639 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު ބަލިޖެހިގެން މަރުވެފައިވަނީ 11 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް