ads
ފާރިސް މިނިވަން ކުރަން ގޮވާލާ، ރައީސް ނަޝީދުގެ މަންމާފުޅު
ފާރިސް ބަންދުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ދެ އަހަރު ފަހުން ހައިކޯޓުން ނިންމައިފި
ރައީސް ޔާމީންގެ ވެރިކަމުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ފާރިސް މައުމޫން ބަންދުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ނިންމީ، އެ މައްސަލަ ހައިކޯޓުގައި އޮންނަތާ  އެއް އަހަރާއި ނުވަ މަސްވީ ފަހުންނެވެ. 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހު، ފާރިސް މައުމޫން ހައްޔަރުކުރުމުން، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުނުން ހައިކޯޓުގައި އެ މައްސަލަ ރަޖިސްޓްރީކޮށްދީފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އެއީ ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އިންތިޚާބުން ރައީސް ޔާމީން ބަލިވުމާއި އެކު ފާރިސް މައުމޫން މިނިވަން ކުރި ނަމަވެސް ބަންދު އަމުރުގެ މައްސަލަ އޮތީ ނުނިމިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށާއި އެކަން ކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވެއެވެ. މި ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

މި މައްސަލައިގެ ހުކުމް ހައިކޯޓުން މިއަދު އިއްވި އިރު، މި މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީޢަތުގެ މަޖިލިސް ލައިވްކުރާނެ ކަމަށް ހައިކޯޓުން ރޭ ކުރި ޓްވީޓެއްގައި ބުންޏެވެ. އެ ޓްވީޓުގައި މައްސަލަ ލައިވްކޮށް ފޮނުވާނެ ޔޫޓިއުބް ލިންކެއްވެސް އާއްމުކުރުމަށް ފަހު މިއަދުވަނީ ކުއްލި ގޮތަކަށް އެ ޓްވީޓް ޑިލީޓްކޮށްލާފައެވެ. މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީޢަތުގެ މަޖިލީސް ހައިކޯޓުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ޝަރީޢަތެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް