ads
ޖަލުން ސާމްޕަލް ނަގަނީ--
މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް
މާލޭ ޖަލުގައި މަސައްކަތް ކުރާ އީއެސްޖީ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖަލުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރޮޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މިމަހުގެ ވިހި ވަނަ ދުވަހު ވަނީ މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެމީހާ ޕޮޒިޓިވްވުމާއެކު ވަނީ ޖަލުން 101 މީހެއްގެ ސާމްޕަލް ނަގާފަ އެވެ. 

ޕްރިޒަންސް ކޮމިޝަނަރު ވަނީ އުފާވެރި ހަބަރެއްގެ ގޮތުގައި ސިފަކުރައްވާ، ޖަލުން ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސާމްޕަލް ނަގާފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން އަދި 24 ގައިދީންނާއި ބަންދު މީހުންގެ އިތުރުން ހަތް ވެއިޓަރުންގެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. 

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ޖަލުން ޕޮޒިޓިވްވީ މަގުމަތިން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާއާ ކޮންޓެކްޓްވި އޮފިސަރެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ހޯމް ކަރަންޓީނަށް ދިއުމަށް އޮފިސަރަށް އެންގިއިރު އެއާއެކު ޖަލުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ފެށި އެވެ.   

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް