ads
ކޮފީ
ހިތުގެ ބަލިތަކުން ދުރުވުމަށް، 3 ޖޯޑު ކޮފީ!
ކޮފީ އަކީ ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ލިބޭ އެއްޗެއް ކަމަށް އޮންނަނީ ހީވެފަ އެވެ. މާގިނައިން ކޮފީ ބޯ ނަމަ، ތަފާތު ގިނަ ގެއްލުންތައް ވާނެ ވާހަކަ އަބަދުވެސް ދެކެވެ އެވެ.

އެހެން ނަމަވެސް ކޮފީ އަކީ އޭގެ ސަބަބުން ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ބުއިމެއް ކަމަށްވެ އެވެ. ދުވާލަކު ތިން ތަށި ކޮފީ ބޯ ނަމަ ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދޭނެ ކަމަށް މާހިރުން ލަފާކުރައްވަ އެވެ.

ހިތުގެ ވިންދު މަޑުން ޖަހާ މީހުން، ނުވަތަ "އިރެގިއުލާ ހާޓްބީޓްސް" ހުންނަ މީހުން ކޮޕީ ބުއިމުން ހިތުގެ ވިންދު އަވަސް ކޮށްދެ އެވެ. އަދި ފިލްޓާ ނުކޮށް ހުންނަ ކޮފީ ބޯ ނަމަ ކޮލެސްޓްރޯލް ލެވެލް މަތިކޮށްދޭނެ އެވެ.

your imageކޮފީ

ހަމަ އެއާއި އެކު، ހިތުގެ ބަލި ހުންނަ މީހުންނަށް ވެސް ކޮފީ އަކީ ފައިދާ ކުރާނެ ބުއިމެކެވެ.

އެހެން ނަމަވެސް ގިނަ އިރު ހޭލާ ހުންނަން ވެގެން ކޮފީ ބޮއިގެން ހޭލާ ހުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ހަމަ ނިދި ނުލިބޭނަމަ އޭގެ ނޭދެވޭ އަސަރު ހިތަށް ކުރާނެތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް