ads
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަފާރީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ކުއްލި މައްސަލަ ބަލައިގެންފި
ސަފާރީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި މައްސަލަ ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 36 މެމްބަރުންގެ ވޯޓުންނެވެ. 

ނަޝީދު ހުށަހެޅި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ ރޭޕްގެ މައްސަލައިގައި ކުށުގެ ވެށިން ދެމީހުން ހައްޔަރުކޮށް އެކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން މި މައްސަލައިގައި ޖިންސީ ގޯނާ ލިބިފައިވާ މީހާގެ ހައްގުތަކަށް އުނިކަމެއް ލިބިފައިވާކަމަށް ބެލޭވޭކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ބާރުހުރި ފަރާތްތަކެއްގެ ނުފޫޒު ހިނގަމުންދާތީ މިނިވަންކަމާއި އެކު މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެލެވޭތީ އަދި މިފަދަ ކަންކަން ތަކުރާތުވަމުން އަންނައިރު މިކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހްމާލުތަކެއްވެސް އޮވެގެން ކަމަށްވާތީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނަކަމަށެވެ. 

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވޭނީ މަޖިލީހުންނާއި ކަމާ ގުޅޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތަށް ހައްގު ލިބެން ކަމަށާއި، އަދި އަނިޔާ ކުރި ފަރާތަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް