ads
ފޮޓޯ: ސަން އޮންލައިން
ރޭޕް މައްސަލަތަކުގައި ހެކިނެތްކަމަށް ފުލުސް އޮފީހަށް ނުބުނެވޭނެ: އީވާ
ރޭޕް މައްސަލަތަކުގައި ހެކިނެތްކަމަށް ފުލުސް އޮފީހަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަފާރީ ރޭޕްގެ މައްސަލައިގައި ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޖިންސީ ގޯނާ ކުރާއިރު މާބޮޑު ހެއްކެއް ނުހުންނާނެ ކަމަށެވެ. އަދި ޤާނޫނު ލިޔެފައި އޮތީ އެ ނަޒަރުންކަން އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިވާ އިތުރަށް ވިދާޅުވީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި ހެކިބަސް ނަގަންޖެހޭ ގޮތާއި އެހެން މައްސަލަތަކުގައި ހެކިބަސް ނަގާގޮތާއި ތަފާތުކަން ފާހަގަކޮށް އީވާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު މީހާގެ ހެކިބަސްވެސް ނަގާގޮތް ތަފާތު ކަމަށެވެ. 

"އެހެންކަމުން ހެކި ނެތްކަމަށް ބުނެ އަނިޔާކުރި މީހާ ދޫކުރުމަކީ މިފަދަ މައްސަލަތަކުގައި ގާނޫނު ދަންނަ ގޮތެއްނޫން،" އީވާ ވިދާޅުވި އެވެ.

ސަފާރީ ރޭޕާ ގުޅިގެން ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ބޮޑެތި މީހުން އިންސާފުގެ ކުރި މައްޗަށް ނުގެންދެވޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ސަފާރީ ރޭޕް މައްސަލައިން ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާ އަދުލު އިންސާފުގެ ނިޒާމުން އަންހެނުނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުން ކަމަށެވެ.

އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ވާހަކަ ތާއަބަދު ދައްކަން ޖެހޭކަމަށާއި ސިޔާސީ ޕާޓީތައް އައިސް ވެރިކަން ބަދަލުވި އިރުވެސް އަންހެނުނަށް ރައްކާތެރިކަން ފޯރުކޮށްނުދެވުނު ކަމަށް އީވާ ވިދާޅުވި އެވެ. މައްސަލަ ބަލަންޖެހޭނީ އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން ކަމަށާއި މިކަމުގައި އިންސާފުލިބި ހަގީގަތް ލިބެންދެން ބަލަންޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް