5041
CONFIRMED

DEATHS
2775
RECOVERED
🌏19,909,062
INFECTED
🌏12,138,271
RECOVERED
🌏732,128
DEATH
🌏61%
RECOVERY RATE
ފޮޓޯ: ސަން
ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ބަލަން ފަށައިފި
Share
ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީ އިިން ބުނެފިއެވެ.
Advertisement

ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ގައިގޯޅިވާ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވުމާއި ގުޅިގެން، "ސީއެންއެމް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިބްރާހިމް މުހައްމަދު ވިދާޅުވީ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށައެޅިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްގެ ފަރާތުން މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން މި މައްސަލަަ ބަލަމުން ދާކަން ފާހަގަކުރިއެވެ.

"މި މައްސަލަ ހުށައެޅިފައި އެއް ނެތް. އެހެން ނަމަވެސް ސޯޝަލް މީޑިއާއިން މިކޮޅުގެ މުވައްޒަފަކަށް ފެނި އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައި ވަނީ. އައިސްގެން އަޅުގަނޑުމެން ވަނީ ފުލުހުންނާއި މުއާމަލާތުކޮށްފަ. ދެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ފުލުހުންގެ ސަމާލުކަމަށްވެސް އެކަން އައިސްފައިވާ ކަމަށް. އެހެންވެ މިނިސްޓްރީއާ ފުލުހުންނާއި ގުޅިގެން އަންނަނީ މި މައްސަލަ ބަލަމުން." ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖެންޑާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން ފުލުހުންނާއި ވާހަކަ ދެކެވުނު ކަމަށެވެ. އަދ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން އޭނާ ފާހަގަކުރިއެވެ.

މި ވީޑިޔޯއިން ފެނިގެން ދަނީ ކުޑަ ދެކުދިން ގައިގޯޅިވާ މަންޒަރެވެ. މި ދެކުދިންގެ އިތުރުން ވީޑިޔޯ ކުރަން ހުރި ފަރާތުގެ އަޑުވެސް ވީޑިޔޯއަށް އަރާފައިވެއެވެ. 

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް