ads
ފޮޓޯ: އެމްޓީސީސީ
ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
ހއ. ކެލާ ބަނދަރު ހެދުމާއި ޑިޒައިން ކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ޗެނަލް ޑްރެޖިންގް މަސައްކަތާއި މެއިންޓަނެންސް ޑްރެޖިންގް މަސައްކަތުގެ އިތުރުން ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ރިވެޓްމެންޓް މަސައްކަތްތައް މިވަގުތު ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓުގެ ދަށުން 3،496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރުުން ވެސް ހިމެނެ އެވެ. 

ކެލާ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން 30 މީޓަރުގެ ބޭރު ތޮއްޓެއް ހެދުމާއި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި 1،445 ސްކުއެއާ މީޓަރުގެ ޕޭވްމަންޓް މަގު ހެދުން ވެސް ހިމެނެ އެވެ. 

ކެލާ ބަނދަރު ހެދުމުގެ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

410 ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާ ކުރެވޭ އެ ޕްރޮޖެކްޓަށް 17.4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް