ads
އެސްޕަނިޔޯލްއާ ރިއާލްގެ މެޗުގެ ތެރެއިން
އެސްޕަނިޔޯލް ބަލިކޮށް ރެއާލް މެޑްރިޑް އަނެއްކާވެސް އެއްވަނައަށް
ޓޭބަލްގެ އެންމެ ފުލުގައި އޮތް އެސްޕަނިޔޯލްގެ މައްޗަށް ކުރި ހޯދައި، ރިއާލް މެޑްރިޑުން އަނެއްކާވެސް ޓޭބަލްގެ އެއްވަނައަށް އަރައިފިއެވެ. ސްޕެނިޝް ލީގުގައި ރޭ އެސްޕަނިޔޯލްގެ މައްޗަށް ރިއާލްއިން ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ.

އެސްޕަނިޔޯލް ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ރެއާލްއިން އެއްވަނައިގަ އޮތީ 71 ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތް ބާސެލޯނާއަށް ލިބިފައިވަނީ ފަސްދޮޅަސް ނުވަ ޕޮއިންޓެވެ. ދެ ޓީމުންވެސް ކުޅެފައިވަނީ 32 މެޗެވެ. އަދި ލީގުގައި މި ދެޓީމަށްވެސް ދެން ބާކީ އޮތީ ހަ މެޗެވެ.

އެސްޕަނިޔޯލްއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ރިއާލްގެ ހަމަ އެކަނި ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ކަސެމީރޯ އެވެ. މިއީ ބެންޒެމާގެ މޮޅު ޕާހަކުން ޖެހި ގޯލެކެވެ.

ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑުން ދެން ކުޅޭ މެޗުގައި ވާދަކުރާނީ ގެޓާފޭއާއެވެ. ބާސާ އެންމެ އަވަހަށް ކުޅޭނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް