ads
ޝާހްރުކް ހާން
28 އަހަރުތެރޭ 80 އަށް ވުރެ ގިނަ ފިލްމު
ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ހާން ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 28 އަހަރު ވެއްޖެ އެވެ.

ފިލްމު ދީވާނާ އިން 1992 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ޝާހް ވަނީ އޭނާގެ ކެރިއަރުގައި 80 އަށް ވުރެ ގިނަ ފިލްމުން ތަފާތު ގިނަ ރޯލްތަކުން ފެނިފަ އެވެ. 

ބެލުންތެރިންގެ ލޯބި ހޯދައިފައިވާ "ކިންގް ހާން" ވަނީ މިހާތަނަށް 14 ފަހަރު ފިލްމު ފެއާ އެވޯޑްވެސް ހޯދާފަ އެވެ. 

އުމުރުން 54 އަހަރުވެފައިވާ އިރު، އޭނާގެ ކެރިއަރު އަދި ނިންމާލުމުގެ ވިސްނުމެއް ޝާހް ނުގެން ގުޅެ އެވެ. 

ބޮލީވުޑްގައި މަސައްކަތްކުރާތާ 28 އަހަރު ވުމާއި ގުޅިގެން ޝާހް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ބެލުންތެެރިން ހިތްހަމަޖައްސާލުމުގެ ފުރުސަތު އޭނާ އަށް ދިނީތީ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ. ޝާހް ވަނީ އޭނާގެ ޕޭޝަން، ޕޮރޮފެޝަނަށް ބަދަލުވެ، ޕްރޮފެޝަން ޕާޕޯސް އަށް ބަދަލުވި ވަގުތު ނޭގޭ ކަމަށް ވެސް ބުނެފަ އެވެ. 

ޝާހް ވަނީ ކާމިޔާބު ފިލްމުއްތައް ކަމަށްވާ ބާޒީގަރު، ދިލްވާލޭ، ޗެންނާއި އެކްސްޕްރެސް، ހެޕީ ނިއު އިޔާ، ދެވްދާސް އަދި ޑޮން ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. 

އިންޑިއާގެ ފިލްމު ޕްރޮޑިއުސާ އަދި ފެޝަން ޑީޒައިނާ ގައުރީ ހާންގެ ކައިވެންޏަށް މިހާރު 29 އަހަރުވެފައި ވާއިރު، އެ ދެމަފިރިންގެ ތިން ދަރިންވެސް ތިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް