ads
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--
ސަފާރީ ރޭޕް މައްސަލަ: ސީނަށް ދިޔަ ފުލުހުން ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި
ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސީނަށް ދިޔަ ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާ ކޮށްފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގަ އެވެ. 

މެމްބަރުންގެ މެދުގައި ހިނގާދިޔަ މަޝްވަރާ ތަކަށް ފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ޖެންޑާ މިނސްޓްރީ އަށާއި ޕިޖީއަށް ސީޓީ ފޮނުވުމަށާއި، ވިކްޓިމް މައުލޫމާތު ދޭން ބޭނުންވާނަމަ އެފުރުސަތު ކޮމިޓީން ދޭނުމަށާއި، މީޑިއާ ކައުންސިލަށް އަދި ބްރޮޑްކޮމްއަށް ސިޓީ އެއް ފޮނުވުމަށް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ރޮޒައިނާ ހުށަހަޅާފައިވަނީ ސީނަށް ދިޔަ ފުލުހުންނާއި އެކު ބައްދަލުވުން ބޭއްވުމަށާއި، އަދި އެވަގުތުގެ ސްޓޭޝަން އިންޗާޖްގެ ގޮތުގައި ހުރި ފަރާތާއި އެކު ވަކި ބައްދަލުވުމެއް ބޭއްވުމަށެވެ. 

ރޮޒައިނާގެ މި ހުށަހެޅުއްވުން ތަކަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އަދި މި ހުށަހެޅުންތައް ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މި މައްސަލައާއި ގުޅިގެން ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި މެމްބަރުން ވަނީ މި މައްސަލަ ހިނގާދިޔަ ގޮތް ރަނގަޅަށް ބެލުމަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް