ads
އަބްދުއްރަހީމް
ސަރުކާރުން ކުރާ ކޮންމެ ވިޔާނުދާ ކަމެއް އޮއްބާލަން ބޭނުން ކުރަނީ ރައީސް ޔާމިން: އަބްދުއްރަހީމް
ސަރުކާރުން ކުރާ ކޮންމެ ވިޔާ ނުދާ ކަމެއް އޮއްބާލަން ބޭނުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރީގެ މައްސަލައިގައި ރައީސް ޔާމީންއާއި ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ "ކުއްލި ކުއްލިއަށް" ރައީސް ޔާމީންއާ ދެކޮޅަށް ދައުވާތަކެއް ކުރަމުން ގެންދަނީ މިއަދުގެ ސަރުކާރު ފެއިލްވަމުންދާތީ އެކަން ފޮރުވުމަށް ކަމަށެވެ. އަދި ސަރުކާރުން އަޅާނުލެވި މުޖްތަމައު ތެރޭގައި ހުރި މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އަމާޒު ވާން ފެށުމުން ރައީސް ޔާމީން ބޭނުން ކުރަނީ ނިވާފަތްގަނޑެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ މިކަހަލަ ކަންތައްތަކުގަ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާ ކޮށްލުމާއި އެކީގަ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މި ސަރުކާރަށް އަމާޒުވާން ފެށީމަ، ދެން އެކަންތައްތައް ފޮރުވަން ނިވާފަތްގަނޑަކަސް ނުވަތަ ބޭނުން ކުރާ ހަތިޔާރަކަށް މިހަދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނާއި ދެކޮޅަށް ކުރެވޭ އެއްވެސް ދައުވާއަކީ އިންސާފު ވެރިކަމާއި އެކު ކުރެވޭ ދައުވާތަކެއް ކަމަށް ނުދެކޭ ކަމަށެވެ. 

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ޕީޖީ އޮފީހުން އިއްޔެ ދައުވާ އުފުލާފައިވަނީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގަ އެވެ. ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.  

އޭގެ އިތުރުން މިހާރު ވެސް ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑާކުރިކަން ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް