ads
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ސިންގަޕޫރު ގޮަތަށް ރާއްޖެއަކީ އެއްފަސް ތަނެއްނަމަ ރައީސް ޔާމީނުގެ ތަރައްގީ ހޯދާ ނުފެންނާނެ: އަބްދުއްރަހީމް
ރާއްޖެއަކީ އެއް ފަސް ގައުމެއްނަމަ، ސިންގަޕޫރަށް ރާއްޖެ ކައިރީ ހިފަހައްޓާ ނުލެވޭވަރަށް މިދިޔަ ފަސް އަހަރު ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަރައްގީ ގެނެސްދެއްވާނެ ކަމަށް ޕީއެންއެސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ ކަމަށާއި އެމަނިކުފާނަކީ ހިޔާނާތްތެރިއެއްނަމަ އެފަދަ ގޮތަކަށް މަޝްރޫއުތައް ނުވެސް ހިންގަވާނެ ކަމަށެވެ. 

އެގޮތުން މި ސަރުކާރުން ބޮޑެތި ބަޖެޓުތައް ފާސްކޮށްގެން ތަރައްގީގެ މަޝްރޫއުއެއް ހިންގާފައިވާ މަންޒަރު ނުފެންނަ ކަމަށާއި އެކަމަކު އޭރު ރައީސް ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތައް މިއަދު ވެސް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވަނީ ބްރިޖާއި އެއާޕޯޓުގެ އިތުރުން 25 ބުރީގެ އިމާރާތް ފަދަ ގިނަ މަަސައްކަތްތައް ހިމެނޭކަން ފާހަގަކުރައްވާފަ އެވެ. 

"މިއީ ސިންގަޕޫރު ފަދަ އެއްކޮށް އޮތް ފަސްގަނޑެއްނަމަ ސިންގަޕޫރަށް މި ރާއްޖެ ކައިރީގައި ހިފަހައްޓާ ވެސް ނުލެވުނީސް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގަ. އެވަރަށް މިރާއްޖެއަށް ތަރައްގީ ގެނެސްފި،"

އޭގެ އިތުރުން އެތަރައްގީ އެއްތަނަކުން ފެންނަން ނެތީ 186 ރަށަށް އެ ތަރައްގީ ބެހިގެން ދިއުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވަނީ މި ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި ވަކި ބަޔަކު ކުށެއް ކުރުމުން މި ސަރުކާރުގައި ކުށަކަށް ވެސް ނުވާ ކަމަށާއި އަނެއް ބަޔަކު ކުށެއްކޮށްފާނެ ކަމަށް ބަލައި ހައްޔަރުކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް