ads
ޑީޖީ މައިމޫނާ އަބޫބަކުރު-----
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފި
ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

މިރޭ އެ މުއްދަތު ދިގު ދަންމާލިއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހެވެ. 

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިއަދުގެ ނިޔަލަށް ނަމަވެސް އެ މުއްދަތު ހަމަވާތީ އަނެއްކާ ވެސް މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފަ އެވެ. 

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ސޮއި ކުރައްވާ ނެރުނު އެ ގަރާރުގައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން މާޗު 12 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާއި، ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށެވެ. 

އެހެންކަމުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދެއްވާ ކަމަށް ގަރާރުގައި ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް