ads
މިރޭ ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން--
އަތޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ސާމާނު ސަރުކާރާ ހަވާލުކޮށްފި
އަތޮޅު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން "ޖީން އެކްސްޕާޓް މެޝިން" އަށް ލައްވާ ކާޓްރިޖް ސަރުކާރާއި ހަވާލުކޮށްފި އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކާޓްރިޖްތައް ރާއްޖެއަށް ހަވާލްކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އެވެ. 

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މެދުނުކެނޑި ފޯރުކޯށްދެދެމުން އަންނަ އެހީތެރިކަމަށް ޑަބްލިއުއެޗްއޯއަށް ޝުކުރު އަދާކުރައްވާފަ އެވެ.  

އަދި ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖް ރާއްޖެއަށް ގެނައުމުގައި ޔޫއެންޑީޕީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރެއްވި އެވެ.

މާލޭގެ އިތުރުން މިހާރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރެވޭއިރު، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު 6 ރަށެއްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. 

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް