ads
އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ކޮޕް 25 ގައި ތަގުރީރު ކުރައްވަނީ-- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ/ ޓްވިޓާ
"ޕެރިސް އެއްބަސްވުން ތަންފީޒު ކުރަން މާލީ އެހީ ބޭނުންވޭ"
މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް އެކުލަވާލި ޕެރިސް އެގްރީމެންޓް ރަނގަޅަށް ތަންފީޒު ކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ބޭނުންވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް އެކުލަވާލި ޕެރިސް އެގްރީމެންޓް ރަނގަޅަށް ތަންފީޒު ކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ބޭނުންވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި ރޭ ތަގްރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕެރިސް އެގްރީމެންޓް ތަންފީޒު ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ވެސް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލީ އެހީ ނުލިބޭ ނަމަ "އެމްބިޝަން" އިތުރު ކުރުމަކީ މާނައެއް ނެތް ކަމެއް ކަމަށާއި، މިހާތަނަށް ވެސް ހަމަޖެހިފައި ވަނީ ފައިސާގެ އެހީގެ މަދު މިންވަރެއް ކަމަށެވެ. އެ ފައިސާ ހޯދުމުގައި ވެސް އެތައް ދަތިތަކާ ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސްޕެއިންގެ މެޑްރިޑްގައި މި ޑިސެމްބަރު މަހުގެ 02 އިން 13 އަށް ކުރިއަށްދާ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭނެ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓުގައި ލިޔެވިފައިވާ ފޮޅުވަތްތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ނިޒާމު ތަންފީޒު ކުރުމަށް ހުރިހާ ގައުމުތަކުން އެއްބަސްވާން ޖެހޭ ކަމަށާއި، ވަކިން ހާއްސަކޮށް މުޅި ދުނިޔޭގެ އެންމެންގެ ހައްގުގައި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި އެ ނިޒާމުގެ މަސައްކަތް، ލަސްވުމެއް ނެތި އަވަސް ކަމާއެކު ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މެޑްރިޑުގައި މިހާރު ކުރިއަށްދާ ކޮޕް 25 ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލްއަގްވާމީ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި 200 ގައުމަކުން 20،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް