ads
ފޮޓޯ: މޯލްޑިވިއަން އެޔާލައިން
އިންޑިއާގައި ތިބި 85 ދިވެހިން ރާއްޖެ ގެނެސްފި
ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި އިންޑިޔާގައި ތިބި 85 ދިވެއްސަކު ރާއްޖެއަށް ގެނެސްފި އެވެ.

ގައުމީ އެއާލައިން އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް މިއަދު މޯލްޑިވިއަންގެ ފްލައިޓެއް ބާއްވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އެގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހީން މި ދަތުރުގައި ރާއްޖެ ގެނެސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. 

"މޯލްޑިވިއަންގެ ފްލައިޓެއް ކޮޗިންއިން ވެލާނާ އިންޓަނޭޝަނަލް އެޔާޕޯޓަށް މިއަދު ހެނދުނު ޖައްސާފައިވަނީ ބޭސްފަރުވާއަށް އިންޑިޔާއަށް ގޮސް، ބޯޑަރުތައް ބަންދުކޮށް ލޮކްޑައުން ކުރުުމުން އެގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހީން ގޮވާގެން." މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މީޑިޔާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ މި ދަތުރުގައި އިންޑިޔާއިން ރާއްޖެ ގެނެސްފައި ވަނީ 85 ދިވެހިން ކަމަށެވެ. މީގެ ތެރޭގައި ބަލި ހާލަތު ހުރި ގޮތުން ސްޓްރެޗަރުގައި ބޭލުނު ދެ މީހެއްގެ އިތުރުން ގޮޑީގައި ބޭލުނު ދެ މީހެއް ހިމެނޭކަން ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް