ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
މަޖިލީހަކީ މަސްކައްކާ ތަނެއް ނޫން، އަމަލުކުރަނީ ގާނޫނާއި އެއްގޮތަށް: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހަކީ މަސްކައްކާ ތަނެއް ނޫންކަމަށާއި، މަޖިލީހުން އަމަލުކުރަނީ ގާނޫނުތަކާއި އެގޮތަށް ކަމަށް ވިދާޅުވެ މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަޖިލިސް ޝަރީއަތް ކޮށް ހުކުމް ކުރާތަނަކަށް ވެފައިވާކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތްކުރާތަނަކަށް މަޖިލިސް ވެފައިވާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ މަސްކައްކާ ތަނެއް ނޫންކަމަށެވެ. މަޖިލީހަކީ ރާއްޖޭގެ ގާނޫނުހަދާތަން ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުން ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ. 

ރާއްޖޭގެ ގާނޫނުތަކުގައި މަޖިލީހުގެ މަސައްކަތްތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ. އަދި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި ގަރާރުތަކަކީ މަޖިލީހުގެ ގަވައިދާއި ގާނޫނުތަކާއި އެއްގޮތަށް ހުށަހެޅޭ ތަކެތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް