CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
މަދުރަސާ ސައްލާ، އަންނަ ހުކުރު ދުވަހު
Share
މަދުރަސާ ސައްލާގެ ނަމުގައި އަންނަ ހުކުރު ދުވަހު ޕްރޮގްރާމެއް ފަށަން ނިންމާފިއެވެ.
Advertisement

މަދުރަސާ އޮންލައިންގެ ފަރާތުން ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ މަދަރުސާ ސައްލާގެ ފުރަތަމަ ވެބިނާ އަންނަ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ވެބިނާގައި ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދާއި، ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީއެވެ. އަދި ވެބިނާ މޮޑަރޭޓު ކޮށްދެއްވާނީ އަހްމަދު އަމީން މުހައްމަދެވެ.

މި ދަނޑިވަޅުގައި މިފަދަ ވެބިނާއެއް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ، މި ހާލަތުގައި ދަރިވަރުންނަށް އުނގެނުމުގައި ކަންކުރާންވީ ގޮތް ވީހާވެސް ބޮޑަކަށް އޮޅުން ފިލުވައިދީ އެކުދީންގެ އުނގެނުމަށް ވީހާވެސް ބޮޑަކަށް އެހީތެރިވެދިނުމަށް ކަމަށް ޕްރޮގްރާމް އިންތިޒާމް ކޮށްފައިވާ ފަރާތުން ބުނެފައިވެއެވެ.

އަދި ވެބިނާގައި ބައިވެރިވެ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލުކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި، ފޭސްބުކް ޕޭޖު މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެބޭފުޅުން ފާހަގަކުރިއެވެ.

“މަދަރުސާ ސައްލާ" ގެ ނަމުގައި މިއަންނަ ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ވެބިނާގައި ވާހަކަ ދައްކަން ހަމަޖެހިފައިވާ މައުލޫއަކީ އާންމު ހާލަތުގައި ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދާންވީ ގޮތާއި ބެހޭގޮތުންނެވެ. މި ޕްރޮޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މަދުރަސާ އޮންލައިންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

މަދުރަސާ އޮންލައިންއަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަރަކާތްތެރިވާ ބަޔެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް