9568
CONFIRMED

DEATHS
8068
RECOVERED
🌏30,406,197
INFECTED
🌏20,683,110
RECOVERED
🌏950,520
DEATH
🌏68%
RECOVERY RATE
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
މާދަމާއިން ފެށިގެން ނިއު-ނޯމަލްގެ ދަށުން ސަރުކާރު އޮފީސްތައް ހުޅުވޭނެ: ރައީސް
Share
ނިއު ނޯމަލްގެ ދަށުން މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނިއު ނޯމަލްގެ ދަށުން އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރި ތައް ހުޅުވާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. 

ރައީސް ވަނީ ކޮވިޑް19 ގެ ކަންކަމުގައި ފްރަންޓްލައިންގައާއި އެހެން މަސައްކަތްތަކުގައި އުޅުއްވި ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފައެވެ. 

ކޮވިޑް19 އަށް މާލެ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ލޮކްޑައުން ކުރީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން މިމަހު 15 ގައި ވަނީ ލޮކްޑައުނަށް ބޮޑެތި ލުއިތަކެއްދީފައިވެ އެވެ. 

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ޖުމުލަ 2336 މީހުން ޕޮޒިޓިވް ވެފައިވާއިރު މިވަގުތު ބައްޔަށް ފަރުވާދެވެމުން ދަނީ 396 މީހުންނަށެވެ. މިބަލިލް ޖުމުލަ 1927 މީހަކު ރަނގަޅުވެފައިވާއިރު އަށް މީހަކުވަނީ ބަލީގައި މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް