ads
ފޮޓޯ: ސީއެންއެމް
މާދަމާ އިން ފެށިގެން މާލޭގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ: ރައީސް
ނިއު-ނޯމަލްގެ ދަށުން މާދަމާ އިން ފެށިގެން މާލޭގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާދަމާއިން ފެށިގެން ނިއު-ނޯމަލްގައި އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތައް އަދި ވިޔަފާރި ތައް ހުޅުވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މާޗް 18 ވަނަ ދުވަހު އެވެ. އަދި މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގާފައިވަނީ އޭޕްރިލް 19 ވަނަ ދުވަހު އެވެ. 

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށި އިރު މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ޖޫން 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިސްކިތްތައް ހުޅުވާލާފައިވަނީ ޖޫން 14 ވަނަ ދުވަހުން ފެށިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް