ads
ބިންމައްޗަށް ވެއްޓިފައިވާ ޗިޕްސް ތަކެއް
ކޮވިޑް-19 އާއެކު ފައިވް ސެކަންޑް ރޫލް ނިމުމަކަށް
ކޮވިޑް-19 އާ އެކު ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި އާއްމު ވެފައިވާ ފައިވް ސެކަންޑް “ރޫލް” މިވަނީ ނިމުމަކަށް އައިސްފަ އެވެ.

އަހަރެމެންގެ ތެރޭގައި ގިނަ ބަޔަކު މި ފައިވް ސެކަންޑް ރޫލް ބޭނުން ކުރެ އެވެ. އެއީ ބިންމައްޗަށް ވެއްޓޭ ކާ އެއްޗެއް ފަސް ސިކުންތުގެ ތެރޭގައި ނަގައި، ކެއުމަކީ އެއްވެސް ގޮތެއްގައި ރަނގަޅު ކަމެއް ކަމަށް ދިރާސާއަކުން ނުދެއްކިޔަަސް އަހަރެމެންގެ ވިސްނުން ތަފާތެވެ. 

އެގޮތުން ކާ ހިތްވެފައިވާ ބިސްކޯދެއް ނުވަތަ އެނޫން ވެސް ކާއެއްޗެއް ކަމަށް ވިޔަސް ބިންމައްޗަށް ވެއްޓުނުތާ ފަސް ސިކުންތުގެ ތެރޭގައި ނަގައިފިނަމަ އޭގައި ޖަރާސީމު ނުހުންނާނެ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

އެކަމަކު ކޮވިޑް-19 އާއި އެކު މި ރޫލް ނިމުމަކަށް އައިސްފައިވާ ކަމާމެދު ޝައްކެއް ނެތެވެ. ކޮވިޑް-19 ރާއްޖެއާ ހިސާބަށް ފޯރުމުން، ކޮންމެ މީހަކުވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ގޭތެރެ ގިނަގިނައިން ސާފުކުރުމުގެ އިތުރުން އަތްދޮންނަ މިންވަރު އިތުރުކުރުން ހިމެނެއެވެ. މި ހުރިހާ ކަމަކާއި ހުރެ ފަސް ސިކުންތު ރޫލްގެ ހަގީގަތް ވެސް މިވަނީ އެނގިފަ އެވެ.

ފުރަތަމަ ކަމަކަށް ބަލާނަމަ ކިތަންމެ ވަރަކަށް ބިންމަތި ސާފުކޮށް މޮޕް ލިޔަސް އެއީ އެންމެން ހިނގާބިނގާ އުޅޭ ތަންކަން ހަނދާން ބަހައްޓަން ޖެހެއެވެ. ބިންމައްޗަކީ ޖަރާސީމުގެ ހާއްޔެއް ފަދަ ތަނެކެވެ. ބިން މައްޗަށް ކާ އެއްޗެއް ވެއްޓުނުތާ ފަސް ސިކުންތުގެ ތެރޭގައި އޭގައި ޖަރާސީމު ނުހުންނާނެ ކަމަށް ގަބޫލު ކުރުމަކީ އުނދަގޫ ކަމެކެވެ. އޭގައި ޖަރާސީމު ނުހުންނާނެ ކަމާއި މެދު އެއްވެސް ޔަގީންކަމެއް ނެތެވެ.

މިހެންކަމުން ދެން ފަހަރަކުން ފައިވް ސެކަންޑް ރޫލް ބޭނުން ކުރުމުގެ ކުރިން އެކަން ހަނދާނުގައި ބަހައްޓާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް