ads
މާވެޔޮ މިސްކިތް--
މާދަމާ މާވެޔޮ މިސްކިތް ހުޅުވާނީ
މާދަމާ މާވިޔޮ މިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމާލާފައިވާއިރު އެތަނުގައި ނަމާދުކުރަން ފަށާނީ މާލޭގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުމާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން އިއުލާނު ކުރުމާއި އެކު މާވެޔޮ މިސްކިތް ހުޅުވާނެތޯ ސީއެންއެމް އިން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ މާދަމާ މާވެޔޮ މިސްކިތް ހުޅުވާނެ ކަމަށެވެ. އަދި މިސްކިތް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން ގެެންދާ ކަން ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މީގެ ކުރިން ވިދާޅުވެފައިވަނީ މިދިޔަ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރަން މަސައްކަތް ކުރިއަށްގެންދާ ކުންފުނިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް އެ މުއްދަތަށް ނުނިމުނު ކަމުގައި ފާހަގަކުރެއްވި އެވެ. 

ކުރިން މާވެޔޮ މިސްކިތަކީ 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެހެން ނަމަވެސް އަލަށް އިމާރާތް ކޮށްފައިވާ މާވެޔޮ މިސްކިތުގެ އިމާރާތަކީ 2000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް