ads
ހިރިޔާ ސްކޫލްތަކުގެ ދަރިވަރުންތަކެއް
މާދަން ސްކޫލް ހުޅުވާއިރު ޑިސްއިންފެކްޓް ކުރާނެ ސާމާނު ސްކޫލުތަކަށް އަދިވެސް ނުލިބޭ
ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް މާދަމާ ސްކޫލްތައް ހުޅުވިގެން ދާއިރު ކްލާސްތައް ޑިސްއިންފެކްޓް ކުރާނެ ސާމާނު އަދި އެއްވެސް ސްކޫލަކަށް ފޯރުކޮށްދެވިފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ސީއެންއެމްއަށް ވިދާޅުވެފައި ވަނީ ޑިސްއިންފެކްޓް ކުރުމަށް ބޭނުން ކުރާ ސޮލިއުޝަން ސްކޫލްތަކަށް ފޯރުކޮށްދެވެން ދެން ބްލީޗް ސޮލިއުޝަނުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް އިރުޝާދު ދެވިފައިވާނެ ކަމަށެވެ.

އަދި ބްލީޗް ގަތުމަށް މި ހަފްތާ ތެރޭގައި ވަކި ބަޖެޓެއް ސްކޫލްތަކަށް ދީފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ބަޖެޓަކީ ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ވަކިން ފޯރުކޮށްދީފައިވާ ބަޖެޓެއް ކަމަށާއި އަހަރުގެ ތެރޭގައި ސްކޫލްގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް ސްކޫލްތަކުން ބުނެފައި ވަނީ ބްލީޗް ގަތުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކަށް ބަޖެޓު ދީފައިވާ ކަމަށް ބުނި ނަމަވެސް ބަޖެޓް ލިބިފައި ނުވާ ކަމަށެވެ. އަދި ކަންކުރަންވީ ގޮތް ރަނގަޅަށް ސާފު ނުވާ ކަމަށާއި ނިއު ނޯމަލްއާއި އެއްގޮތަށް ސްކޫލްތައް ހުޅުވުުމުގައި ސަމާލުވާން ޖެހޭ ކަންކަމުގެ އިރުޝާދުތައް ރަނގަޅަށް މިނިސްޓްރީ އިން ދީފައި ނުވާކަން ވެސް ސީއެންއެމްއަށް ވާހަކަ ދެއްކި ބައެއް ސްކޫލުތައް ވެރިން ފާހަގަކުރެ އެވެ. 

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި ރާއްޖޭގެ އެއްވެސް ސްކޫލަކަށް ޑިސްއިންފެކްޓް ކުރާ ސޮލިއުޝަން ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މި ސޮލިއުޝަން ރޭ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިނިސްޓްރީއަށް ހަދިޔާ ކޮށްފައިވާ ކަމަށާއި މިހާރު އެތަކެތި ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން މާދަމާ ސްކޫލްތައް ހުޅުވޭނީ ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ސަލާމަތީ ފިޔަވަޅުތަކާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މުހައްމަދު އިހްސާން ވެސް ސީއެންއެންއެމްއަށް އިއްޔެ ވިދާޅުވެފައިވެ އެވެ. އަދި ސްކޫލްގެ ކްލާސްރޫމްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުން ކުރާ ސޮލިއުޝަން ވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ސްކޫލްތަކަށް ފޮނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެގޮތުން މާދަމާ ސްކޫލްތައް އަލުން ހުޅުވާއިރު، ސްކޫލްތަކުން ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން އޮޅުން ފިއްލުވުމުގެ ގޮތުން، ޕްރިންސިޕަލުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ މިނިސްޓަރު އައިޝަތު އަލީ ވަނީ ރޭ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ. 

މާދަމާ ސްކޫލްތައް ހުޅުވާއިރު ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް މަދުކޮށްފައިވާ ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ސްކޫލުގެ އެކި ތަންތަނުގައި ފާހަގަތައް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ސްކޫލްތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައެވެ. ނަމަވެސް ސަލާމަތީ ފިޔަވަޅުތަކާއި އެކު ސްކޫލްތައް ހުޅުވުމާއި ބެހޭ ގައިޑްލައިންއެއް އެޗްޕީއޭގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވިފައިވާ ކަމަށް ނެޝެނަލް އެމެޖެންސީ އޮޕްރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ސީއެންއެމްއަށް ވިދާޅުވެ އެވެ.

ނިއު ނޯމަލްގެ އުސޫލުތަކުން ސްކޫލްގެ ކިޔެވުން ފަށާއިރު ކޮންމެ ސެޝަނެއްގެ ކުރިންނާއި ފަހުން ކްލާސްތައް ޑިސްއިންފެކްޓްކުރަން ޖެހެ އެވެ. އަދި ގައިދުރުކުރުމާއި ސްކޫލަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތަކުން މާސްކް އަޅަން ވެސް ވަނީ އަންގާފަ އެވެ. 

މާދަމާ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނެ އެވެ. ލޮކްޑައުންގައި ހުރި ރަށްރަށުގެ ސްކޫލުތައް ބަންދުވާނެ އެވެ. އެކަމަކު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލުތައް ހުޅުވައި ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ އެވެ. އޭގެ އިތުރުން އޭ ލެވެލް ގްރޭޑްތައް ކަމަށްވާ 11 އަދި 12ގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭން ފަށާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް