CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
ކުޅިވަރު ވަޒީރު މަހްލޫފު
ކުޅިވަރު މިނިސްޓްރީން ޖަމިއްޔާތަކުގެ ދަފުތަރު އޮޅުވާލައިފި
Share
ޔޫތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ކުޅިވަރު ޖަމްޢިއްޔާތަކުގެ ދަފްތަރުގައި އޮތް ބޮޑު އޮޅުވާލުމެއް، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން މުހައްމަދު ނަޝީދު ފަޅާއަރުވާލައިފި އެވެ.
Advertisement

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި، ކުޅިވަރު ޖަމިއްޔާތަކުގެ ދަފްތަރުގައިވާ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނަކީ މުހައްމަދު ޒިޔާދު އެވެ. 489 ކްލަބުގެ މައްޗަށް ހިމެނޭ ދަފުތަރު ގެޒެޓް ކުރި އިރު، ކުޅިވަރު މިނިސްޓްރީން ބުނެފައިވަނީ އެއީ 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކްލަބުތައް ކަމަށެވެ. އެ ލިސްޓުގައި ކޮންމެ ކްލަބެއްގެވެސް ނަމާއި، އިދާރާ އަދި ފޯން ނަންބަރާއި އެކު ދެން ހިމަނާފައިވަނީ އެ ކްލަބެއްގެ ރައީސް، ނުވަތަ ޖެނެރަލް ސެކްރެޓަރީގެ މައުލޫމާތެވެ. އެ ލިސްޓުގައިވާ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނަކީ، މުހައްމަދު ޒިޔާދުއެވެ. ނިއުރޭޑިއަންޓްގެ ނަން އޮތީ ލިސްޓުގެ ސާޅީސް ފަސް ވަނައިގަ އެވެ. 

ކުޅިވަރު މިނިސްޓްރީން ގެޒެޓުކުރި، ކްލަބު ޖަމިއްޔާތަކުގެ ދަފްތަރުގައި ނިއުރޭޑިއަންޓްގެ ޗެއާމަންކަމަށް މުހައްމަދު ޒިޔާދުގެ ނަން ހިމަނައި، ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާއިރު، މި އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދޫކޮށްފައިވާ، އެ ކްލަބުގެ ހިންގާ ކޮމިޓީގެ ރެޖިސްޓްރީގައި ޗެއާމަންކަމަށް ބުނެފައިވަނީ މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މިކަން ހާމަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ނިއުރޭޑިއަންޓްގެ ޗެއާމަންވަނީ މުހައްމަދު ނަޝީދު ވަނީ އެވާހަކަ ފާހަގަ ކުރައްވައި، ނިއުރޭޑިއަންޓްގެ ހިންގާ ކޮމިޓީގެ ރަޖިސްޓްރީ މަޖިލީހުގައި ދައްކަވާފައެވެ.

your imageނިއުގެ ހިންގާ ކޮމިޓީގެ ރަޖިސްޓްރީ މަޖިލީހުގައި ދައްކާލަނީ

ނިއުރޭޑިއަންޓްގެ ޗެއާމަންއަކީ މުހައްމަދު ޒިޔާދު ކަމަށް ބުރާސްފަތި ދުވަހު ކުޅިވަރު މިނިސްޓްރީން ގެޒެޓުކުރި ދަފްތަރުގައި ބުނެފައިވާއިރު، ހުސްވި އަހަރުގެ މެއި މަހުގެ ތެރޭގައި ޒިޔާދުވަނީ ނިއުރޭޑިއަންޓްގެ ޗެއަރމަންކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ތިންވަނަ ދުވަހު، އެ މަގާމަށް މުހައްމަދު ނަޝީދު އަބްދުﷲ އައްޔަންކޮށް، ހިންގާ ކޮމިޓީވަނީ ކުޅިވަރު މިނިސްޓްރީގައި ރަޖިސްޓްރީކޮށް، އެކަމުގެ ލިޔުންވެސް ދޫކޮށްފައެވެ. އެ ލިޔުން މާރިޗު މަހު މުހައްމަދު ނަޝީދު ޢަބްދުﷲ ވަނީ ޓްވިޓާ މެދުވެރިކޮށް އާއްމުވެސްކޮށްފައެވެ.

ކްލަބު ޖަމިއްޔާތަކުގެ ދަތްފަރު އޮޅުވާލައިގެން ކުޅިވަރު މިނިސްޓްރީން މި ގެޒެޓުކުރީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އެ އިދާރާއިން ރާއްޖޭގެ ކުޅިވަރު ޤާނޫނާއި، އެފްއޭއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ އިރު، އެކަމާއި މެދު ކުޅިވަރު ވަޒީރު މަހްލޫފު، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް