ads
ސްޓެލްކޯ---ފޮޓޯ:އަވަސް
ސްޓެލްކޯ އެޕުން ބިލު ދައްކައިގެން 10 މީހަކަށް ފައިސާގެ އިނާމް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ކަރަންޓު ބިލަށް ފައިސާ ދައްކާ 10 މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ގުރުއަތުން ހޮވޭ ކޮންމެ މީހަކަށް 1،000 ރުފިޔާ ލިބޭނެ ކަަމަށް އެކުންފުނިން ބުނެ އެވެ. މި ގުރުއަތުލުމުގައި ބައިވެރިވެވޭނީ ސްޓެލްކޯ އެޕް މެދުވެރިކޮށް ޖުލައި މަހުގެ ނިޔަލަށް ބިލް ދައްކާ ކަސްޓަމަރުންނަށެވެ.

ސްޓެލްކޯ އިން ވަނީ އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށް ވާން ނުޖެހޭ ކަމަށާއި އޭގެ ކުރީ މަހުގެ ބިލްތައް ދެއްކައިގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބުނެފަ އެވެ.

your imageޕޮޓޯ:ސްޓެލްކޯ 

މި ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅު ކަމަށް އެކުންފުނިން ބުނެ އެވެ. 

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލައި ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެ އެވެ. މި އެޕުން ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވުން ގޮތް ބަލާލެވޭ އިރު، އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކުރެވޭނެ އެވެ. 

އެޕް ބޭނުންކުރާ މީހުންނަށް ކޮންމެ މަހަކުވެސް ބިލް ލިބޭ އިރު އެޕް މެދުވެރިކޮށް ބިލް ޑައުންލޯޑްވެސް ކުރެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް