ads
ފޮޓޯ: މޯލްޑިވިއަން
ބަންގްލަދޭޝްގެ 200 މީހަކު މިއަދުވެސް ފުރުވާލައިފި
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހަކު ގައުމަށް ފުރުވާލައިފި އެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއް ގައި ވާގޮތުން މިއަދު މެންދުރުފަހު ފުރި މި ފްލައިޓް ދަތުރުކޮށްފައި ވަނީ ޑާކާ އަށެވެ. 

މިދޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.  

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ސަރުކާރުން ވަނީ ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލާފަ އެވެ.

މިމަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަނުން ވަނީ ފަސް ފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންގޮސްފަ އެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ 400 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ. އަދި ޖޫން 23 ވަނަ ދުވަހު ވެސް 200 މީހަކު ވަނީ އަނބުރާ އެ ގައުމަށް ގެންގޮސްފައި ވާއިރު، ޖޫން 27 ވަނަ ދުވަހު އިތުރު 200 މީހަކު ވަނީ ފުރުވާލާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް