CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ސަފާރީގެ އޮޕަރޭޝަން ހުއްޓާލީ ސީޕީ ހަމީދުގެ އޯޑަރަށް: ޝުޖާއު
Share
ސަފާރީގައި ޖިންސީ އަނިޔާގެ ޝިކާރައަކާށްވީ އަންހެން މީހާގެ ކޭސް އާއި ގުޅިގެން ފުލުހުން ސަފާރީ ރެއިޑް ކުރިކަމަށާއި ފުލުހުންގެ އޮޕަރޭޝަން ހުއްޓާލީ ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދުގެ އޯޑަރަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އެކޭސް އާ ގުޅިގެން އެދުވަހުގެ ހެނދުނު 06:00 ހާއިރު ފުލުހުން ސަފާރީ ރެއިޑް ކުރިކަމަށާއި ފުލުހުން އެ ސަފާރީ އަށް ދިއުމުން ސަފާރީގެ ވެރިފަރާތް ކޯޓު އަމުރަކާއި ނުލާ ސަފާރީއަށް އަރާއި ސަފާރީ ފާސް ނުކުރެވޭނެ ކަމަށް ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެއީ ކްރައިމް ސީނެއް ހިންގާ ތަނެއް ކަމަށް ބުނެ ސަފާރީގެ ކެޕްޓަނުގެ ހުއްދަ އާއި އެކު ސަފާރީ އަށް އެރި އިރު އެ ބޯޓުގައި އިތުރު ނުވަ މީހަކު ތިބިކަމުގެ މައުލޫމާތިވެސް ލިބިފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ، ފުލުހުންގެ ރެއިޑް ކުރިއަށް ދިޔަ ވަގުތު ނުވަ މީހަކު އެތަނުން ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރިކަމަށާއި އޭގެތެރޭގައި މިހާރުގެ ޕޮލިސް ކޮމިޝަނަރުގެ ކޮއްކޮ އެއް އިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެގޮތުން ކުއްލި ގޮތަށް އެ އޮޕަރޭޝަން ހުއްޓާލާ އެއްވެސް މީހަކު ހައްޔަރު ނުކުރުމަށް ސީޕީ ހަމީދު، އެ އޮޕަރޭޝަންގެ އިންޗާޖަށް އަންގާ އޮޕަރޭޝަން މިހާރު ހުއްޓާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވަނީ ސަފާރީ ގައި ތިބި ނުވަ މީހުންވެސް ތިބީ ބަނގުރާ ބޮއެގެން ކަމަށާއި ކްރައިމް ސީން ދޫކޮށްލާފައި ދިޔައިރު، ހެއްކާއެކު، ބަނގުރާ ބޮއެގެން ތިބި މީހުން ހައްޔަރު ކޮށްފަ ވާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެވަގުތު ސަފާރީގައި ތިބި ނުވަ މީހުންގެ ތެރޭގައި ސީޕީ ހަމީދުގެ ކޮއްކޮ އެއް ނުވަތަ ތިމާގެ މީހަކު އިންތޯ ސާފުކޮށްދިނުމަށާއި ސީޕީގެ އަމުރަށް އޮޕަރޭޝަން ހުއްޓާލާފައި ވާނެތޯ ނުވަތަ ނޫންތޯ ސާފުކުރަން ރައްޔިތުން ބޭނުންވާނެ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ޝުޖާއު ވަނީ މީގެ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ފުލުހުންގެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށާއި އެކަމާ މެދު ރައްޔިތުން ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުން އެވާހަކަ ދައްކަނީ އެ ކޯލިޝަނަކީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުގެ ބަޖެޓުން ފައިސާ ދީގެން ސިޔާސީ ހަރަކާތުގައި އުޅޭ ބަޔަކަށް ވާތީ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. މިއީ އިދިކޮޅުގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ޝުޖާއު ވަނީ ފާހަގަކުރައްވާފަ އެވެ. 

ފުލުހުންގެ މުއައްސަސާ އަކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ އަދި ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުމުގެ ގާބިލްކަން އޮތް މުއައްސަސާއެއް ކަމަށް އިދިކޮޅުން ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް މިގޮތަށް ބައެއް ކަންތައްތައް ފޮރުވިގެން މިދަނީ ކޮންފަދަ ނުފޫޒުތަކެއް ފުލުހުންގެ މުއައްސަސާއަށް ކޮށްގެންތޯ ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. 

ޝުޖާއު ވަނީ ދިވެހި ރައްޔިތުންނަށް މައުލޫމާތުތައް ހާމަކޮށްދޭން އައި ސަރުކާރަކުން މިފަދަ ބޮޑު ކޭސް އެއް ފެންމަތިވެފައިވާ ދަނޑިވަޅުގައި ރައްޔިތުންނަށް މައުލޫމާތު ހާމަކުރަންޖެހޭ ވަރަށް މައުލޫމާތު ހާމަކުރާތަން ފެނިގެން ނުދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކޭސް ފެންމަތިވި އިރު، ފުލުހުންގެ މުއައްސަސާ ބެލެހެއްޓުމަށް ނުވަތަ ހިންގުމާ ހަވާޅުވެގެން ހުންނަވާ ވަޒީރު ކަންފަތްބީރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޝުޖާއު އެފަދަ އިން ވާހަކަދައްކަވާފައި ވާއިރު، ފުލުހުންގެ އިދާރާއިން ވަނީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ބުނެފަ އެވެ.

ސީޕީ ހަމީދު ވަނީ ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހްގީގު ކުރަން ފަށައިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ބަލަމުންދާކަން ސީޕީ ފާހަގަކުރައްވާފައި ވާއިރު، މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް އިދާރާތަކުން ކުރިއަށް ގެންދާ ތަހްގީގު ވަރަށް އަވަހަށް ފުރިހަމަ ވެގެންދާނެ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް