ads
ކައިޒީން--
ކައިޒީންގެ ނަސީބުވެރިން ހޮވައިފި، ޝަރުމީލާ ހޯދަން އުޅުންހެން އުޅޭކަށް ނުޖެހޭ!
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންއަށް އިންސްޓަގްރާމުން އެއް ލައްކަ ފޮލޯވަރުން ހަމަވުމުގެ އުފަލުގައި ސަޕޯޓަރުންނަށް 3000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދޭން ނިންމީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ރޭގެ ވަގުތެއްގައި އެ އިނާމުގެ ތިން ހައްގުވެރިން ހޮވާއި، އެމީހުންގެ ހިތްދަތި ދިރިއުޅުން މިވަނީ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ކައިޒީން ވަނީ އެ އިނާމު ލިބުނު ތިން ނަސީބުވެރިންގެ ނަން އާންމުކޮށްފަ އެވެ. އެއީ މާޒިނާ އާއި ޝެނީފާގެ އިތުރުން ސާކޫ ނަމަކަށް ކިޔާ ތިން މީހެކެވެ. އެއިން ކޮންމެ މީހަކަށް ވެސް 1000 ޑޮލަރު (15420 ރުފިޔާ) މިވަނީ ހަދިޔާކޮށްފަ އެވެ. 

އޭގެ އިތުރުން، އެމީހުންގެ ދިރިއުޅުމުގެ ދަތި ހާލު ވެސް ކައިޒީން ވަނީ ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ. އެގޮތުން ޝެނީފާ ބުނާ ގޮތުގައި އޭނާއަކީ ފަގީރު އާއިލާއެއްގެ ކުއްޖެކެވެ. އެގޮތުން ބައްޕައަކީ ޑްރަގު ބޭނުންކުރާ މީހެއް ކަމަށާއި އާއިލާގެ އެންމެ ބޮޑަށް ހުންނަ މީހާއަކީ އޭނާ ކަމުން، ގޭތެރޭގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޭނާ އެވެ. 

އަދި މުސާރައިގެ ގޮތުގައި ލިބެނީ 4000 ރުފިޔާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ވެސް ވަނީ ގެއްލިިފައި ކަމަށް ބުންޏެވެ. އެހެންކަމުން، ގޭގެ ބައެއް ހަރަދުތައް ކުރަންޖެހެނީ މީހުންގެ ކައިރީ އާދޭސްކޮށްގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މާޒިނާ ބުނީ، ކައިޒީންގެ ހަދިޔާ އޭނާއަށް މި ލިބުނީ މާލީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ފިރިމީހާއަކީ ތެލެސީމިއާ ޕޭޝަންޓެއް ކަމުން ހަރަދުތައް ކުރުމަށް ދަތިވެފައިވާކަން ފާހަގަކުރެ އެވެ. 

އޭގެ އިތުރުން، ކައިޒީންގެ ހަދިޔާ ލިބުނު، ސާކޫ ބުނާ ގޮތުންނަމަ އޭނާއަކީ ވެސް ވަރަށް ނިކަމެތި ހާލުގައި އުޅެމުން އަންނަ މީހެކެވެ. އެގޮތުން މަންމައަކީ ދެ ކިޑްނީ ފެއިލްވެފައިވާ މީހެއް ކަމަށާއި އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޭނާއާއި އޭނާގެ ކޮއްކޮ ކަމަށް ބުނެ އެވެ. އަދި ސާކޫ ވަނީ އޭނާގެ ބައްޕައަކީ އެމީހުން ކުޑައިރުއްސުރެ ވެސް ވަރަށް ރުޅިގަދަ އަދި އަނިޔާވެރި މީހެއްކަމަށް ސިފަކޮށްފަ އެވެ. 

ކައީޒީން ވަނީ އެ ތިން މީހުންގެ އިތުރުން ވެސް އިތުރު މީހަކަށް އެހީވާން ނިންމާފަ އެވެެ. އެއީ އެ ގިވްއަވޭގައި ބައިވެރިވި، އެހެން ކުއްޖެއްގެ ހުވަފެނެއް ހަގީގަތަކަށް ހަދައިދިނުމަށް އެ ކުއްޖާގެ ބައްޕައަށް ވީލްޗެއާއެއް ހަދިޔާކުރުމެވެ. 

ބޭނުން ޖެހިފައިވާ ހަތަރު މީހަކަށް ކައިޒީން އެހީވިއިރު މި ދުވަސްވަރަކީ ފިޓްފާޒިލްގެ ގިވްއަވޭގެ ވާހަކަ ވެސް ގަދަޔަށް ދެކެވެމުންދާ ދުވަސްވަރެކެވެ. އެގޮތުން ބައި ލައްކައެއްހާ ރުފިޔާގެ އަގު ބޮޑު ސާމާނު، ފާޒިލް ދިނީ ޝަރުމީލާގެ ނަމުގައި އޭނާ އަމިއްލައަށް ހެދި ފޭކް އައިޑީއަކަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. 

އެ ތުހުމަތުތައް ދޮގުކޮށް ފާޒިލް ވަނީ ޝަރުމީލާ އިންސްޓަގްރާމު މެދުވެރިކޮށް ދައްކާވެސް ލާފަ އެވެ. އެކަމަކު އެއީ މަކަރާއި އޮޅުވާލުމުގެ ތެރެއިން އޭނާގެ ގާތް އެކުވެރިޔަކު މޫނު ބުރުގާ އަޅުވާއި، ޝަރުމީލާއަށް ހަދާފައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް