CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
މާލޭގެ މަގުމަތި--
ހުއްދައަކާއި ނުލާ ބޭރުގައި އުޅެވޭ ވަގުތު އިތުރުކޮށްފި
Share
މިއަދުން ފެށިގެން ފަތިހު ފަހަކުން ރޭގަނޑު 11 އަށް ހުއްދައަކާއި ނުލާއި ބޭރުގައި އުޅެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

މިދިޔަ މަހުގެ 15 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ލޮކްޑައުނުގެ ދެވަނަ ފިޔަވަހީގެ ލުއިތައް ދީފައިވާއިރު އޭރު ހުއްދައަކާއި ނުލާއި ބޭރަށް ނިކުމެވެނީ ފަތިހު ފަހަކުން ރޭގަނޑު 10:00 އަށެވެ. އެކަމަކު މިއަދުން ފެށިގެން ސަރުކާރުންދީފައިވާ ލުއިތަކާއެކު އިތުރު އެއްގަޑިއިރަށް ހުއްދައަކާއި ނުލާއި ބޭރުގައި އުޅެވޭނެ އެވެ. 

އެގޮތުން ރޭގަނޑު 11:00 އިން ފަތިހު ފަހަކާއި ހަމައަށް ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ. އެ ނޫން ގޮތަކަށް ބޭރުގައި އުޅޭނަމަ ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް އޮންނާނެ އެވެ. 

ރާއްޖޭގައި ކޮވިޑް-19، ކޮންޓްރޯލްކުރެވިފައިވާތީ ތިން ވަނަ ފިޔަވަހީގެ ލުއިތައް މިއަދު ދީފައިވާއިރު ސަރުކާރުން ބުނާ ގޮތުގައި، އާންމު ތަންތަނަށް އެއްވެ އުޅެވޭނީ އެއްފަހަރާއި 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަކަށެވެ. 

އަދި ބޭރަށް ނިކުމެވޭ ގަޑިތަކުގައި މިހާރު ވަކި ބަޔަކަށް ގަޑިތަކެއް ހާއްސަ ކުރެވިފައެއް ނޯންނާނެ އެވެ. ކުރިން ވަނީ ދުވަސްވީ މީހުންނަށާއި ކުޑަ ކުދިން އަދި ކަސްރަތުކުރަން ނިކުތުމަށް ވަކި ހާއްސަ ގަޑިތަކެއް ކަނޑައަޅާފަ އެވެ. 

އެގޮތަށް ބަދަލު ގެނައި ނަމަވެސް އަދިވެސް އެންމެ ރަނގަޅީ ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުން ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް