ads
ރައްޔިތުންގެ މަޖިލިސް---
ފުލުހުންގެ ބިލަށް މާދަމާ ރޭ އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަނީ
ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން މާދަމާ ރޭ، ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެނިހެން މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ދެވަނަ ބައްދަލުވުމެއް މާދަމާ ރޭ، 20:30 ގައި ބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މާދަމާގެ ބައްދަލުވުމުގައި މަޝްވަރާކުރާނީ ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ކަމަށް ވެސް ބުނެ އެވެ. 

އަދި އެބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، މާދަމާ 20:15 ގެ ކުރިން މަޖިލީހުގެ ހަތަރު ވަނަ ފަންގިފިލާއަށް ދިއުމަށް ވެސް މަޖިލީހުން ވަނީ އެދިފަ އެވެ. 

މިހާރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި އޮތް އެބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ވެސް މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްއެއް ކޮށްފަ އެވެ.

މީގެ ކުރިން ވެސް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވި، މިނިމަމްވޭޖް ކަނޑައެޅުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް