CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
މަރުކޮމިޝަންގެ މައްސަލަތަކުގައި ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް: ރައީސް ނަޝީދު
Share
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާތަނަށް ބަލާ ނިމިފައި ހުރި މައްސަލަތަކުގައި ދައުވާ ނުކުރެވެންވީ ސަބަބެއް ގާބޫލުކުރަން ދަތިކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ސިޓީ އެއް ފޮނުވާފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ސިޓީ އިންވެސް ހާމަވަނީ ހެކީގެ އެކި ކަންކަމުގައި މައްސަލަތަކެއް ކުރިއަށް ނުގެންދެވި އެބަހުރި ކަމަށެވެ. 

އޭގެތެރެއިން މަރުކޮމިޝަނުގެ ކަންކަން ފާހަގަކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މަރުތަކުގެ މައްސަލަތެއްގައި ހަތަރު ސިއްރު ހެއްކޮށް މަރު ކޮމިޝަނަށް ކަން ހިނގާދިޔަ ގޮތުގެ ބަޔާނެއް ދީފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ރައްދުވާ ނުވަތަ ތުހުމަތުވާ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިއްބިނަމަވެސް ހެކި ބަސް ސިއްރުން ނަމަވެސް ނުވަތަ ފާޅުގައި ނަމަވެސް ދިނުމަށް އެ ފަރާތަކުން ޖެހިލުންވާކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ހެކިބަސް ދިނުމަކީ ރައްޔިތުން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ޝަރީއަތުން ތެދުބަހުން ކަމެއްގައި ވާހަކަދައްކަން ބުނުމުން ތެދުބަހުން އެވާހަކަ ދައްކަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މަރުކޮމިޝަންގެ މައްސަލަތަކުގައި ކުރަންޖެހޭ ދައުވާތައް ނުކުރެވެންވީ ސަބަބެއް ގަބޫލުކުރަން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް