ads
ގައި ދުރު ކޮށްގެން ނިއު ނޯމަލް ގެ ދަށުން ސްކޫލްތަކުގެ ކިޔެވުން ފަށައިފި
ގައި ދުރު ކޮށްގެން ނިއު ނޯމަލް ގެ ދަށުން މިއަދު ސްކޫލްތަކުގެ ކިޔެވުން ފަށައިފި އެވެ.

ތިން މަސް ފަހުން ސްކޫލްތައް އަލުން ހުޅުވާފައިވާއިރު ގައިދުރުކަން ގާއިމްކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ސްކޫލް ގޭޓްތައް ކައިރީގައްޔާއި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަ ލެވިފައިވާކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެއެވެ. ހަމަމިއާއެކު ދަރިވަރުން ގެ މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓިފައިވާ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

ސްކޫލްތައް އަލުން ހުޅުވާލުމާއި ގުޅިގެން ސްކޫލުތަކުގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެއްޗާއި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މިނިސްޓްރީން ސްކޫލްތަކަށް ފުނުވާފައިވާ ކަމުގައި މިނިސްޓްރީން ބުނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ކްލާސް ރޫމްތައް ސާފުކުރެވި، ޑިސް އިންފެކްޓް ކުރާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. ހަމަމިއާއެކު ކޮންމެ ސްކޫލެއްގައިވެސް ހޭންޑްވޮޝް ސްޓޭޝަންތައް ގާއިމް ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދަރިވަރުން ސްކޫލްތަކަށް ވަނުމުގެ ކުރިން އެ ކުދިންގެ ޓެމްޕެރޭޗަރު ބެލުމާއި ގައި ދުރުކުރުކަން ބަހައްޓައި، މާސްކް އެޅުން ފަދަ ކަންތައްވެސް ކުރިއަށް ގެންދާނެ އެވެ.

މާލޭގައި ސްކޫލްތައް ހުޅުވިފައިވަނީ ގްރޭޑް ނުވަޔަކުން މަތީ ދަރިވަރުންނަށެވެ. އަދި ކޮވިޑް-19 ގެ އަސަރުތައް ފޯރާފައި ނުވާ ރަށްރަށުގައި ގްރޭޑް އެކަކުން މަތީ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް