ads
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝަރީއަތްތައް ލަސްވަނީ ހެކި ނެގުމުގައި އަމަލުކުރާ ގޮތުން: ޖޭއެސްސީ
ޝަރީއަތްތައް ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބެލި ބެލުމުން މައްސަލަތައް ދިގުލައިގެން ދަނީ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަމަށެވެ. 

އެގޮތުން ކްރިމިނަލް ކޯޓުން އަމަލުކުރާ ގޮތް ހާމަކޮށް ޖޭއެސްސީގެ ސިޓިގައި ބުނެފައިވަނީ ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާކަމަށެވެ. އެހެން ނަމަވެސް ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއް ނެރެގެން ވެސް އެމީހުން ކޯޓަށް ހާޒިރު ކުރެވޭކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ. 

ކްރިމިނަލް ކޯޓުން މިގޮތަށް އަމަލުކުރަން ފެށުމުން އެހެން ކޯޓުތަކުން ވެސް މިގޮތަށް އަމަލުކުރަމުން އަންނަކަން ވެސް ޖޭއެސްސީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ހެކިން ހާޒިރު ކުރުމުގައި އެކި ކޯޓުތަކުން އެކި ގޮތްތަކަށް އަމަލު ކުރަމުން އަންނަކަމަށާއި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ އެ ފަރާތެއް އަމިއްލަ އަށް ކުރަން ޖެހޭ ކަމަކަށް ހަދާފައިވާކަމަށް ވެސް ސިޓީގައި ވެއެވެ. ޖޭއެސްސީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތް އިސްލާހުކުރަން ޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް