ads
ރައްޔިތުންގެ މަޖިލިސް--
މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމާއި ފިހާރައެއް ހުޅުވަނީ
މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓްއަކާއި ޖިމަކާއި ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބްގެ އިސްނެގުމުގެ މަތިން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ފިހާރައިން މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާއާއި ގާނޫނުތައް ލިބެންހުންނާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސާފައިވާކަމަށެވެ. އަދި މެމްބަރުންނަށް މުވައްޒަފުން ނަގައިގެން އެ ތަންތަނުގައި މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ކޮމިޓީތަކުގެ މުގައްރިރުންގެ ކޮޓަރިތައް ގާއިމުކޮށް ނިންމާފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންނާއި އެކު މަޝްވަރާ ކުރުމަށް އޮފީސްތަކާއި ރެސްޓޯރެންޓް ބޭނުންކުރެވޭނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް