ads
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
ސްޓޫޑެންޓް ލޯނަށް ހޮވިފައިވާ ދަރިވަރުންނަށް ލޯނު ހަމަޖެހިފައިވާކަމުގެ ލިޔުން ހަވާލުކޮށްފި
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް ހޮވުނު ދަރިވަރުންނަށް ލޯނު ހަމަޖެހިފައިވާކަމުގެ ލިޔުން ހަވާލު ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

މިލޯނުގެ ދަށުން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ 514 ދަރިވަރުންނަށް މި ލިޔުމުގެ އިތުރުން ލޯނާއި ބެހޭ އިތުރު މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ސްޓޫޑެންޓް ލޯން ހަވާލުކުރުމުގެ ލިޔުމާއި ފަންޑް ހަމަޖެއްސުމަށް ކުރާ ކަންތައްތައް ޕްރޮސެސްކުރުމުގެ މައުލޫމާތު ދަރިވަރުންނަށް ފޮނުވާފައި ވާކަމަށެވެ.

މިއަހަރުގެ ލޯން ސްކީމުގެ ދަށުން ކިޔަވަން ހަމަޖެހިފައިވާ ދަރިވަރުންގެ ތެރޭގައި ޑިޕްލޮމާއަށް ކިޔެވުމަށް ހަމަޖެހިފައިވަނީ 48 ދަރިވަރެކެވެ. އަދި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް 264 ފުރުސަތު ދީފައި ވާއިރު މާސްޓާސް ޑިގްރީއަށް ކިޔެވުމަށް 160 ފުރުސަތު ވަނީ ދީފައެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް 27 ފުރުސަތު ވަނީ ދީފަ އެވެ. ހަމަމިއާއެކު ލައިސަންސް ކެޓަގަރީގެ ދަށުން 15 ދަރިވަރަކަށްވެސް ވަނީ ލޯނު ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް