ads
މެސީއަކީ ކެރިއަރުގައި 700 ގޯލް ހަމަކުރި 7 ވަނަ ކުޅުންތެރިޔާ
މެސީގެ ހަތް ސަތޭކަ ވަނަ ގޯލް
ސްޕެނިޝް ލީގުގައި ރޭ މެސީ، އެތުލެޓިކޯ މެޑްރިޑް ކޮޅަށް ޕެނަލްޓީއަކުން ޖެހި ލަނޑާއި އެކު ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ހަތް ސަތޭކައަށް އަރައިފިއެވެ. މިއާއި އެކު މެސީ ވެފައިވަނީ ކެރިއަރުގައި ހަތް ސަތޭކަ ގޯލު ޖެހި ހަތްވަނަ ކުޅުންތެރިޔާއަށެވެ.

ކެރިއަރުގައި ހަތް ސަތޭކަ ގޯލް ޖެހި ހަތްވަނަ ކުޅުންތެރިޔާއަށް މެސީ ވެފައިވާއިރު، މީގެ ތެރެއިން މިހާރު ކުޅެމުން އަންނަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މެސީގެ އިތުރުން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ މިހާތަނަށް ހަތް ސަތޭކަ ސައްބީސް ގޯލް ޖަހާފައެވެ. ކެރިއަރުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އަށް ސަތޭކަ ފަސް ގޯލް ޖަހާފައިވާ ޗެކް-އޮސްޓްރިއަންގެ ކުރީގެ ތަރި ޖޯސެފް ބިކޭން އެވެ. ދެން މި ލިސްޓުގައި ހިމެނެނީ ބްރެޒިލްގެ ރޮމާރިއޯއާއި ޕެލޭގެ އިތުރުން ހަންގޭރީގެ ފެރެންކް ޕުސްކާސް އާއި ޖަރުމަނުގެ ގާޑްމުލާއެވެ.

ރޭ މެސީ ޖެހި ޕެނަލްޓީއާއި އެކު އޭނާގެ ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ހަތް ސަތޭކައަށް އެރި އިރު އޭނގެ ތެރެއިން ހަ ސަތޭކަ ތިރީސް ގޯލަކީ ބާސެލޯނާއަށް ޖެހި ގޯލެވެ. މެސީގެ ހަތް ސަތޭކަ ގޯލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަސް ސަތޭކަ އަށްޑިހަ ދެ ގޯލް ޖަހާފައިވަނީ ވާތު ފައިންނެވެ. ކަނާތު ފައިން ނުވަދިހަ ދެ ގޯލް ޖަހާފައިވާއިރު ބޮލުން ސައުވީސް ގޯލް ޖަހާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް