ads
ގައުމީ ބެޑްމިންޓަން ޓީމުގެ ނަބާ އަދި ނަބީ
ބެޑްމިންޓަން ގައުމީ ސްކޮޑްގެ ޕްރެކްޓިސް ފަށައިފި
ކޮވިޑާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހު މެދު ކަނޑާލާފައި އޮތުމަށް ފަހު ގައުމީ ބެޑްމިންޓަން ޓީމުގެ ޕްރެކްޓިސް ފަށައިފިއެވެ. ބެޑްމިންޓަން ގައުމީ ސްކޮޑުގެ ޕްރެކްޓިސް ފެށީ ބުދަ ދުވަހު ހެނދުނުއެވެ.

ކޮވިޑާ ގުޅިގެން ބެޑްމިންޓަން ގައުމީ ސްކޮޑުގެ ޕްރެކްޓިސްވެސް ހިމެނޭ ގޮތަށް ބެޑްމިންޓަންގެ ހުރިހާ ހަރަކާތެއް މެދު ކަނޑާލީ މިދިޔަ މާރިޗު މަހުގެ ސާދަ ވަނަ ދުވަހުއެވެ. އޭރު ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުންގެންދާތީވެ އެކަމުގައި އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަރިތަކުރުންތައް ހުއްޓާލީ ކަމަށެވެ. އޭރުވަނީ މާލޭގައި އަދި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ވެސް ހުއްޓާލާފައެވެ.

ބެޑްމިންޓަން ގައުމީ ސްކޮޑުގެ ޕްރެކްޓިސް އަލުން ބުދަ ދުވަހު ފަށާފައިވާއިރު، ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް އެކުވެނި އިންޑޯ ހޯލްވެސްވަނީ ހުޅުވާލާފައެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނި ގޮތުގައި އެކުވެނި އިންޑޯ ހޯލް ހުޅުވާލާފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ ކްލަބު، ޖަމިއްޔާތަކާއި އަދި އާއްމު މެންބަރުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް