ads
ގަވާއިދުން ވެކްސިން ނުޖަހާ ކުދިން ގިނަ!
ގަވާއިދާ އެއްގޮތަށް ވެއްކްސިން ނުޖަހާ ކުދިން ގިނަކަން ހާމަވެއްޖެއެވެ.
ގަވާއިދާ އެއްގޮތަށް ވެއްކްސިން ނުޖަހާ ކުދިން ގިނަކަން ހާމަވެއްޖެއެވެ.

އެގޮތުން ވެކްސިން ޖެހުމުގެ ހިދުމަތްދޭ ބައެއް ތަންތަނުގެ އޮފިޝަލުން ބުނެފައިވަނީ ގަވާއިދާ އެއްގޮތަށް ވެކްސިން ދެމުން ނުގެންދާ ގިނަ ގުދިން ފާހަގަވެފައިވާކަމަށެވެ.

ގިނައަދަދެއްގެ ކުދިން ވެކްސިން ޖަހަން ދާން ފަށާފައިމިވަނީ، ރާއްޖޭގައި ހިމަ ބިހި، ނުވަތަ މީސަލްސް ރޯގާ ފެތުރެން ފެށުމާއި ގުޅިގެންނެވެ.

މިގޮތުން ތިން އަހަރުގެ ކުޑަކުއްޖަކާއި 33 އަހަރުގެ ބޮޑު މީހަކަށް ހިމަބިހި ޖެހިފައިވާކަން މިހާރު ވަނީ ޔަގީންވެފައެވެ. ޝައްކު ކުރެވުނު 11 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ހިމަބިހި ފެތުރެމުންދާތީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭގެ ދަމަނަވެށިން ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހަންދެން ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ސެންޓަރުގެ އޮފިޝަލެއް ވެސް ވިދާޅުވީ ގަވާއިދަ އެއްގޮތަށް ވެކްސިން ނުޖަހާ ކުދިން ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން ވެސް ވެކްސިން ޖެހުމުގެ ހިދުމްތް ދޭ، ސަރުކާރު ބައެއް ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލްތަކުގެ އޮފިޝަލުންވެސް ބުނަނީ ގައުމީ ވެކްސިން ޕްލޭނާއި އެއްގޮަތަށް ވެސްކިން ނުޖަހާ ކުދިން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

"ވެކްސިން ޖެހުން އިތުރުވެއްޖެ މީސަލްސް އައްޓްބްރާއެކު. ޕްލޭނާއި އެއްގޮތަށް ވެކްސިން ނުޖަހާ ކުދިން އެބައާދެ ހަމަ ގިނަ އަދަދަކަށް،" ވެކްސިންޖަހާ ސެންޓަރެއްގެ އޮފިޝަލެއް ބުންޏެވެ.

އޭނާ ބުނީ ހިމަބިއްސައް ޖަހަން ޖެހޭ މީސަލް ވެކްސިނާއި، 18 މަހުގައި ޖަހަންޖެހޭ އެމްއެމްއާރު ވެކްސިން ނުދޭ ކުދިން ވެސް އެބަތިބި ކަމަށެވެ. އެފަދަ ކުދިންނަށް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭކަމަށް ވެސް އެނާ ބުންޏެވެ.

ވެކްސިން ދޭ ސެންޓަރުތަކުން ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި ކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ފީއަކާއި ނުލައި ވެކްސިން ޖަހައިދޭނެއެވެ. ކުޑަކުދިން އައިޑީ ކާޑު އަދި ވެކްސިން ފޮތް ގެންދަން ޖެހެ އެވެ.

ފޮތް ނެތް ނަމަ އައިޑީކާޑު ގެންދިއުން މުހިންމެވެ.

ގައުމީ ވެކްސިން ޕްލޭނާއި އެއްގޮތަށް ވެކްސިން ނުޖަހާ ކުދިން ގިނަކަމަށް ސެންޓަރުތަކުން މައުލޫމާތު ދީފައިވާއިރު، މިދިޔަ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ރ މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި އެ ރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިން ފާހަގަކޮށް އެ ކުދިންނަށް ވެކްސިން ޖަހާފައެވެ. އަދި ބައެއް މީހުންނަށް ނަސޭހަތްދީ އަނެއްބަޔަކު ހައްޔަރު ވެސް ކުރިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް