ads
ޕީޖީ ހުސައިން ޝަމީމް--
ޖިންސީ ގޯނާގެ ލިޔުންތަކެއް ހޯދަން ފުލުހުންގެ މައްޗަށް ޕީޖީ އަމުރުކޮށްފި
މިފަހުން ހިނގި ޖިންސީ ގޯނާއާ ބެހޭ މައްސަލަތަކެއްގެ ލިޔުންތަކެއް ހޯދަން ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، އަމުރުކުރައްވައިފި އެވެ.

މިހާރު ޕީޖީ އޮފީހާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މިފަހަކަށް އައިސް ފެންމަތިވެފައިވާ ޖިންސީ ކުށުގެ މައްސަލަތަކެއްގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ޕްރޮސެކިއުޓާ ޖެނަރަލްގެ މަސްއޫލިއްޔަތު ގާނޫނުއަސާސީން ބަޔާންކުރާ 223 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވިގެން ބަލާބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަން ހިންގަނީ ގާނޫނުތަކާއި އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ ދެ ތިން ހަތަރު މައްސަލައެއްގައި ތުހުމަތު އުފެދޭތީ އެ މައްސަލަތައް ދިރާސާކުރަން ނިންމާފައިވާ ކަމަށެވެ.

"އެ މައްސަލަތައް ހިނގާދިޔަ ގޮތް އަޅުގަނޑު ބަލާނަން، ބަލާފަ އެކަމުގައި ގޯހެއް އުޅޭކަމަށްވަންޏާއި އަދި އެއްވެސް ކަހަލަ ނުފޫޒެއް އުޅޭކަމަށްވަންޏާއި އެކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން،" ޝަމީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޝަމީމް ވިދާޅުވީ، މިއަދު އެކަމުގެ ލިޔުންތައް ފޮނުވައި ދިރާސާކުރަން ފެށުމަށް އަންގާނެ ކަމަށާއި އެގޮތުން ގާތްގަނޑަކަށް ދެ ހަފުތާގެ ތެރޭގައި އެކަން ބަލައި، ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ، އެފަދަ މައްސަލަތައް ހުށަހެޅުމުން ވެސް ނުބަލާ ކަމުގެ ޝަކުވާއަކީ އާންމުން ކުރަމުން އަންނަ ޝަކުވާއެއް ކަމަށާއި އެގޮތުން ދައުލަތުގެ މުަވައްސަސާއަކަށް ޖިނާއީ މައްސަލައެެއް ހުށަހަޅައިގެން އެކަން ނުބަލާނަމަ، ޕީޖީއަށް އެ މައްސަަލަ ބެލުމަށް އަމުރުކުރުމުގެ ބާރު އޮންނަ ކަމަށެވެ. އެހެންކަމުން، އެފަދަ ކަމެއް ސަމާލުކަމެއް އަތުވެއްޖެނަމަ، އެ މައްސަލަ ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް