ads
ގައުމީ ފުޓްބޯޅަ ޓީމުންވެސް ވަރަށް އަވަހަށް ޕްރެކްޓިސް ފަށާނެ
ގިނަ ދުވަސްތަކަކަށް ފަހު ކުޅިވަރު ދަނޑުތައް އަލުން ހުޅުވައިފި
ކޮވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރު މިނިސްޓްރީން ބަންދު ކުރި، މާލެ ސަރަހައްދުގެ ދަނޑުތައް ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އަލުން ހުޅުވައިފިއެވެ. މާލޭ ސަރަހައްދުގެ ކުޅިވަރު ދަނޑުތައް، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބަންދު ކުރީ މާރިޗު މަހުގެ ފަނަރަވަނަ ދުވަހުއެވެ.

ކުޅިވަރު މިނިސްޓްރީން ބުދަ ދުވަހު ބުނީ، ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލާފައި އޮތުމަށް ފަހު، ނިއު ނޯމަލްގެ ހާލަތުގައި ބުދަ ދުވަހުން ފެށިގެން ކުޅިވަރު ކުޅުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ދީފައިވާ ކަމަށެވެ. ކުޅިވަރު މިނިސްޓްރީން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެކުލަވާލާފައިވާ "ކުޅިވަރު ކުޅުމުގައި އަމަލުކުރާނެ އާންމު އުސޫލަށް" އަމަލު ކުރަންވާނެ ކަމަށެވެ.

ކުޅިވަރު ދަނޑުތައް ހުޅުވާލުމާއި އެކު ބައެއް އެސޯސިއޭޝަންތަކުން މިހާރުވެސްވަނީ ގައުމީ ޓީމްތަކުގެ ޕްރެކްޓިސްވެސް ފަށާފައެވެ. މި ގޮތުން ގައުމީ ބެޑްމިންޓަން ޓީމުން ބުދަ ދުވަހު ޕްރެކްޓިސް ފެށިއިރު ކްރިކެޓް ޓީމުވެސްވަނީ ޕްރެކްޓިސް އަލުން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް