ads
ސަންޖަނާ އާއި ސުޝާންތު--
ސުޝާންތުގެ މަރާއެކު ބަތަލާ ސަންޖަނާ ބޮލީވުޑު ދޫކޮށްދާ ކަމުގެ އިޝާރާތެއް!
ސުޝާންތު ސިންގް ރާޖުޕުތުގެ އެންމެ ފަހު ފިލްމު، "ދިލް ބެޗާރާ" ގައި މަަސައްކަތް ކުރާ ބަތަލާ ސަންޖަނާ ސަންގީ ބޮލީވުޑު ދޫކޮށްދާ ކަމުގެ އިޝާރާތެއްކޮށްފި އެވެ.

މުމްބާއީ ދޫކޮށް އޭނާ ނިސްބަތްވާ، ދިއްލީއަށް ދާން ނިންމާފައިވާކަން އޭނާ އިއުލާންކުރީ އިންސްޓަގްރާމު މެދުވެރިކޮށް މާސްކް އަޅައިގެން ހުރެ ނަގާފައިވާ ފޮޓޯއަކާއެކު އެވެ. މުމްބާއީ އެއާޕޯޓުގައި އޭނާ ނަގާފައިވާ އެ ސެލްފީއާއެކު އޭނާ ބުނެފައި ވަނީ ހަތަރު މަހަށް ފަހު އެނބުރި މުމްބާއީއަށް އައުމަށް ފަހު އަނެއްކާ ވެސް އެނބުރި ދިއްލީއަށްދާ ވާހަކަ އެވެ. 

އަދި އެތަނުގައި އުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެގޮތުން އޭނާގެ ހިތުގައިވާ އުދާސްތަކުގެ ސަބަބުން ކަންކަމާއި މެދު ދެކޭ ގޮތް ބަދަލުވަނީ ކަމަށް ވެސް ވެދާނެ ކަމަށް ސަންޖަނާ ބުންޏެވެ. އެކަމަކު ފަހަރުގައި އެނބުރ އަންނަން ޖެހިދާނެ ކަމަށާއި ނޫނީ ދުވަހަކު ވެސް ދެން އަނބުރާ ނައުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ބުންޏެވެ. 

އުމުރުން 23 އަހަރުގެ ސަންޖަނާ ވަނީ ހިންދީ މީޑިއަމް އާއި ފުކްރޭ ރިޓާންސް އިން ވެސް ފެނިގެންގޮސްފަ އެވެ. 

ސުޝާންތާއެކު އޭނާ ފެނިގެންދާ ފިލްމު ނެރޭނީ އަންނަ މަހުގެ 24 ގަ އެވެ. އެ ފިލްމު، ސިނަމާތަކަށް ގޮސް ބަލާލަން ބޭނުންވި ނަމަވެސް ފިލްމު ނެރޭނީ، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އެގޮތުން ސުޝާންތުގެ ސަޕޯޓަރުންނަށްޓަކައި މި ފިލްމު ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ފިލްމު އުފެއްދުންތެރިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް