ads
ވިދްޔާ ބާލަން
ވިދިޔާ އަށް 'ޕަރިނީތާ' ގެ ރޯލް ލިބުނީ 75 ފަހަރަށްވުރެ ގިނައިން އޮޑިޝަން ކޮށްގެން
ވިދިޔާ ބާލަން އަށް ފިލްމު 'ޕަރިނީތާ'ގެ ލީޑް ރޯލް ލިބުނީ އެތައް ފަހަރެއްގެ މަތިން އެ ރޯލަށް އޮޑިޝަން ކޮށްގެނެ އެވެ.

އެ ފިލްމުގެ ލަވަ ކޮމްޕޯސް ކުރި ޝަންޓަނޫ މޮއިޓްރާ ވަނީ ފިލްމުގައި އޭނާ އަށް އެންމެ ފާހަގަކޮށްލެވޭ އަދި ހަދާނުން ފުހެލަން އެންމެ އުދަގޫ އެއް ހަދާނަކީ ޕަރިނީތާ ގެ ރޯލަށް އޮޑިޝަން ކުރި ވިދްޔާ ބާލަންގެ މަތިން ނެވެ. 

އޭނާ ކިޔާދިން ގޮތުގައި ވިދިޔާ ވަނީ އެކި ފަހަރު މަތިން އެ ރޯލަށް އޮޑިޝަންކޮށް، 75 ފަހަރު ރިޖެކްޓު ކޮށްލާފަ އެވެ. މޮއިޓްރާ ވަނީ އޭނާ އާއި ވިދިޔާ އާއި ދިމާވީވެސް ފިލްމުގެ ޑައިރެކްޓަރު، ވިދޫ ވިނާދް ޗޮޕްރާގެ އޮފީހުން ކަމަށާއި އެއް ރޯލަކަށް އޮޑިޝަންކޮށް، އެހޭ ގިނަ ފަހަރު މަތިން ނޫނެކޭ ބުނުމުންވެސް ވިދިޔާ ހިތްވަރު އެލުވާ ނުލާ ކަމަށެވެ.

އެހެން ނަމަވެސް 75 ވަނަ ފަހަރަށް ރިޖެކްޓު ކުރުމުންވެސް އަދި އެއް ފަހަރު އަލުން އޮޑިޝަން ކުރުމަށް ވިދިޔާ ނިންމި ކަމަށެވެ. އެރޭގެ އޮޑިޝަނަށް ފަހު މުމްބާއީ ގައި އޮތް ބްރަޔަން އެޑަމްސްގެ ކޮންސެޓަކަށް ދާން ވިދިޔާ ނިންމި ކަމަށާއި، އޭނާ ވަނީ އަނެއްކާވެސް ރިޖެކްޓްވާން ފޯނު ނަގަންވެސް ވިސްނާފަ ކަމަށް މޮއިޓްރާ ކިޔައިދި ނެވެ. 

މޮއިޓްރާ ބުނީ ވިދިޔާގެ އެންމެ ފަހުގެ އޮޑިޝަން ރިކޯޑިން ބެލީ އޭނާވެސް ލަވަ ހުށައަޅަށް އޮފީހަށް ގޮސް ހުއްޓައި ކަމަށާއި، އެ އޮޑިޝަން ބެލުމަށް ފަހު ވިނާދް ޗޮޕްރާ އޭނާގެ ޕަރިނީތާ ފެނުނުކަމަށް ބުނެ ވިދިޔާ އަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް ފޯނު ނުނަގަން ވިސްނައިގެން ހުރި ވިދިޔާ އަށް ރޯލް ލިބުނުކަން އިނގުނީ މީހަކު ކުރި މެސެޖަކުން ކަމަށް މޮއިޓްރާ ބުނި އެވެ. 

ޕަރިނީތާ ގެ ރޯލް ލިބުނުކަން އެނގުމުން ކޮންސެޓުން ނުކުމެ ވިދިޔާ ރޮއެފައިވާކަމަށް ވެސް މޮއިޓްރާ ބުނެ އެވެ. 

ޕަރިނީތާ ފިލްމުން، ވިދިޔާގެ އިތުރުން ސައިފް އަލީ ހާން އާއި ސަންޖޭ ދަތް އަދި ޑިއާ މިރްޒާ ވެސް ފެނިގެން ދެ އެވެ. މި ފިލްމު ރިލީސް ކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް