ads
ޕާޓީގައި ނެގި ފޮޓޯ--
ކަރަން އާއި ގޯރީ "ރާހުލް" އަދި "ޓީނާ"ގެ ގޮތުގައި ޕާޓީއަކަށް ހިނގައްޖެ
ޝާހް ރުކް ހާންގެ ހިޓު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ފޭނުންނަށް އެންމެ ކަމުދާ އެއް ފިލްމެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ނެރުނު އެ ފިލްމު މަތިން، ޑައިރެކްޓަރު ކަރަން ޖޯހަރަށް ވެސް ހަނދާން ނައްތާލަން އުނދަގުލެވެ. އޭގެ އިތުރުން، ޝާހުގެ އަންހެނުން ގޯރީ ހާން އަކީ ވެސް އެ ފިލްމުގެ އެންމެ ބޮޑު ފޭނުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ކަރަން އާއި ގޯރީ ދާދި ފަހުން ވަނީ އެ ފިލްމުގެ ހަނދާންތައް އާ ކޮށްފަ އެވެ. ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަމްރިތްޕާލް ސިންގް ބިންދްރާ، 90 ގެ އަހަރުތަކުގެ ތީމަކަށް ބޭއްވި ޕާޓީއަށް ކަރަން ގޮސްފައި ވަނީ "ރާހުލް" އަށް ވެގެންނެވެ. އަދި ގޯރީ ދިޔެއީ "ޓީނާ"ގެ ގޮތުގަ އެވެ. އެމީހުންގެ އެކުވެރި ކާޖަލް އާނަންދް އެ ޕާޓީއަށް ދިޔެއީ "އަންޖަލީ" އަށް ވެގެންނެވެ.

އެ ޕާޓީގެ ފޮޓޯތައް ކަރަން އިންސްޓަގްރާމުގައި ހިއްސާ ކުރިއިރު، އެއް ފޮޓޯގެ ބެކްގްރައުންޑުން ޝާހު ބޮލުގައި އަތް އަޅައިގެން ހުންނަ މަންޒަރު ފެނެ އެވެ. ބޮލީވުޑުގެ ގިނަ ސެލެބްރިޓީންތަކެއް ވަނީ އެ ޕޯސްޓަށް ކޮމެންޓު ކޮށްފަ އެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" ގައި އަންޖަލީގެ ރޯލުން ފެނުނު ކާޖަލް ވެސް ހިމެނެ އެވެ.

ޒޯޔާ އަހްތަރު އަދި ޕްރިތީ ޒިންތާ ބުނީ އެ ފިލްމުގެ އާ ވާޝަން ބަލާލަން ބޭނުން ކަމަށެވެ. "ކުޗް ކުޗް ހޯތާ ހޭ" އަކީ ކަރަން ޖޯހަރު ޑައިރެކްޓު ކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ ސަބަބުން ކަރަން އާއި ޝާހުއާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް