ads
އާމިރު ހާން އާއި މަންމަ
އާމިރް ހާންގެ މަންމަގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބިއްޖެ
ޖޫން 30 ވަނަ ދުވަހު އާމިރު ހާންގެ ގޭގައި މަސައްކަތްކުރާ ސްޓާފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެއާއި އެކު މަންމަ ގޮވައިގެން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ދާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އާމިރުގެ މަންމަގެ ޓެސްޓުގެ ނަތީޖާ ލިބުނުކަމަށް އޭނާ ބުނެފައި ވަނީ ޖުލައި އެއް ވަނަ ދުވަހު އެވެ. 

އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މަންމަގެ ޓެސްޓުގެ ނަތީޖާ ނެގަޓިވް ވެފައި ވާކަމަށެވެ. އަދި އެންމެ ހެޔޮ ދުއާ އަށް އާމިރް ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

އާމިރުގެ ސްޓާފުންގެ ތެރެއިން ބައެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ވަގުތުން ކަރަންޓީން ކުރެވުނު ކަމަށާއި އޭނާވެސް ބައްޔަށް ޓެސްޓު ކޮށް ނެގެޓިވްވެފައި ވާކަމަށް އާމިރް ބުނެ އެވެ. 

އާމިރު ހާނުގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ކޮވިޑު ޖެހުނުއިރު މީގެ ކުރިން ވަނީ ބޮނީ ކަޕޫރުގެ ގޭގައި މަަސައްކަތްކުރާ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. 

ކޮވިޑް-19 ފެތުރެމުންދާތީ މުޅި ގައުމު ލޮކްޑައުންކޮށް، އިންޑިއާއިން ވެސް ފިޔަވަޅުތަކެއް އެޅި އެވެ. އެކަމަކު މިހާރު ވަނީ ލުއިދީފަ އެވެ. އަދި މިހާރު ވަނީ ޓީވީ އިންޑަސްޓްރީގެ މަސައްކަތްތައް ފަށާފަ އެވެ. އަދި ވަރަށް އަވަހަށް ބޮލީވުޑުގެ މަަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ ދާއިރާގެ ތަރިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް