ads
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް---
ކަރަންޓު ބިލު ބޮޑުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ޖޫންމަހުގެ ކަރަންޓް ބިލު ބޮޑުވި މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުުން އަންނަކަމަށެވެ.

"އަދި އެ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައި ހުރިކަން ފާހަގަ ކުރަމެވެ."

މީކާއިލް މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ސަބަބު މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް އޮޅުން ފިލުވައިދީ ސްޓެލްކޯ  ޖަވާބުދާރީ ކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް