ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތަހުގީގަށް ހުރަސް އެޅޭނެ މައުލޫމާތު 241 ކޮމިޓީއަށް ނުހޯދޭނެ: ހަސަން ލަތީފް
ފުލުހުންގެ ތަހުގީގުތަކަށް ހުރަސް އެޅޭނެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ 241 ކޮމިޓީއަކީ ޤާނޫނުއަސާސީއިން ބާރު ލިބިގެން އުފައްދާފައިވާ ކޮމިޓީއެއް ކަމަށެވެ. އަދި އެކޮމިޓީގެ ޒިންމާ އަދާކުރުމުގެ ގޮތުން މައުލޫމާތު ހޯދުމަކީ ނުފޫޒު ފޯރުވުންކަމަށް ނުދެކޭކަމަށް ވެސް ވިދާޅުވި އެވެ. 

ހަސަން ވިދާޅުވީ ފުލުހުންގެ ބިލު މިހާރު އޮތްގޮތުން އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު 241 ކޮމިޓީ އަށް ހޯދޭނީ ނިމިފައިވާ އޮޕަރޭޝަންތަކާއި ހިނގަމުންދާ އޮޕަރޭޝަންތަކުގައި ވެސް ތަހުގީގަށް ހުރަސް ނޭޅޭނެ މިންވަރަށް ކަމަށެވެ. 

މީގެ އިތުރުން ފުލުހުންގެ ބިލުގެ ޑްރާފްޓްގައި ފުލުހުންގެ ހުވާއޮތްގޮތުގައި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ދީނީ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ހުވާގައި ބަސްތައް އިސްފަސްވެފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން އަގީދާއަށް އަދި މިމަސައްކަތުގެ މަގްސަދަށްވެސް ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް