ads
ފޮޓޯ : އެމްއޭސީއެލް
ފުރާ މީހުންނާއި އަންނަ މީހުން ބާލަން ދާންވާނީ އެންމެ މީހެއް: އެމްއޭސީއެލް
އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ މީހުންނާއި އަންނަ މީހުން ބަލާއި ދާންވާނީ އެންމެ މީހެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފުރާއި މީހުންނާއި އަންނަ މީހުން ބަލައި އެންމެ މީހަކު ދިއުމަށް އަންގާފައި ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަސް ބެލުމުގެ އިތުރުން ކޮވިޑް-19 ފެތުރުމުގެ ކުޑަކުރަން ކަމަށެވެ. 

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަށާފައިވާއިރު މިމަހުގެ 15 ވަނަ ދުވަހު، ބައިނަލްއަގްވާމީ ފްލައިޓުތަކަށް ވެސް ރާއްޖެ ހުޅުވާލާނެ އެވެ. 

ނިއު ނޯމަލްގައި ހިދުމަތް ދިނުމަށް އެއާޕޯޓު އޮތީ ތައްޔާރަށް ކަމަށް މީގެ ކުރިން ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ފާހަގަތައް ވެސް ވަނީ ކުރަހާފައިވާއިރު އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވެ އެވެ. 

ނިއު ނޯމަލްގައި އެއާޕޯޓް ހުޅުވާއިރު ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް ވެސް އެމްއޭސީއެލުން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް