ads
އެސްއެސްސީ އިސްލާމް ވޯކްޝޮޕެއްގެ ތެރެއިން - ފޮޓޯ: އަލީހަނޫން
ފިޔަވަޅުތަކަކާއި އެކު ޓިއުޝަން ސެންޓަރުތައް ހުޅުވުމަށް ހުއްދަ ދީފި: މަބްރޫކް
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކު ޓިއުޝަން ސެންޓަރުތައް އަލުން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޓިވް އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ކޮވިިޑް-19 އާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނިފައި ނުވާ ރަށްރަށުގައި ސްކޫލްތައް ހުޅުވިފައިވާ ކަމަށާއި ޓިއުޝަން ސެންޓަރުތަކުގައި ކިޔަވާދިނުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރޭ ރަށްރަށުގައި ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް އެކަންޏެވެ. އަދި ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ގައި ދުރުކޮށްގެން، ސަލާމަތީ ފިޔަވަޅުތަކާއި އެކު ޓިއުޝަން ކްލާސްތައް ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

"ކޮވިޑް ފެތުރިފައިވާ ތަންތަން، މިވަގުތު މާލެ ސަރަހައްދުގަ، ޓިއުޝަން ސެންޓަރުތައް ބަންދު ކުރެވިފައިވާނީ 12 އަހަރުން ދަށުގެ ކުދިންނަށް. 12 އަހަރުން މަތގެ ކުދިންނަށް ޓިއުޝަން ކްލާސްތައް ގައިދުރު ކުރުމާއިި އެކީގައި ހިންގޭނެ ކަމަށް މައުލޫމާތު ލިބެނީ." މަބްރޫކް ވިދާޅުވި އެވެ.

ޓިއުޝަން ކްލާސްތަކުގެ އިތުރުން ކުޅިވަރު އެކަޑަމީތައްވެސް ހިންގޭނެ ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ. މިގޮތުން މޮނީޓަރިންގެ ހާލަތުގައިވާ ތަންތަނުގައި ހިންގާ ކުޅިވަރު އެކެޑެމީތަކުގެ ހަރަކާތްތަކުގައި ވެސް 12 އަހަރުން ދަށުގެ ކުދިން ނުހިމަނާ ހަރާކްތައް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް